ގާނޫނީ ސުވާލުތައް އުފެދުމުން އަލަށް އުފެއްދި ޗާޓާޑް އެކައުންޓެންޓްސް އިންސްޓިޓިއުޓުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ. 

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މުސްތަގިއްލު ތަނެކެވެ. އެހެންވެ އެ ތަނުގެ އިންތިގާލީ ކައުންސިލަށް މެމްބަރު ވެސް ވާނީ މުސްތަގިއްލު ބަޔަކަށެވެ. 

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 5 އަދި 8 ގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސްތަގިއްލު މަގާމަކަށް ނުދެވޭނެއެވެ. 

އެހެންވެ އޭނާ އެ މަގާމު ގަބޫލު ކުރެއްވުމާއެކު މަޖިލިސް މެންބަރެއްގެ ޝަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލިފައިވާ ކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. 

ޔައުގޫބު މިހާރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އޭނާ މަގާމު ގަބޫލުކުރެއްވީ ގާނޫނީ ލަފާ ވެސް ހޯދައިގެން ކަމަށެވެ. އެކަމަކު ހިޔާލު ތަފާތުވުންތައް އުފެދުމުން ގަބޫލު ކުރެވުނީ އެންމެ ރަނގަޅު ގޮތަކީ ދުރަ ޖެހިލުން ކަމަށް އޭނާ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *