ބައިނަލްއަޤުވާމީ ގޮތުން މުއައްސަސާތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރަނގަޅު ފެންވަރުގައި ހިފެހެއްޓިފައިވާ ޙިދްމަތްތަކެއްތޯ ބަލާނެގޮތް
ކަނޑައެޅުމުގެ ގޮތުން އެކުލަވައިލެވިފައިވާ މިންގަނޑެއް ކަމަށްވާ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ (އައިއެސްއޯ)އަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަން ފަށައިފިއެވެ. އަސާސީ ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން އައިއެސްއޯ ލިބުނު ފުރަތަމަ ކުންފުންޏަކީ ފެނަކަ އެވެ. 

މިންގަނޑުތައް ފެނަކަ ކުންފުނީގައި ޤާއިމްކުރެވި ޚިދުމަތް ދިނުމުގައިވެސް މިންގަނޑުތަކަށް ފެތޭގޮތުން ޚިދުމަތްދިނުން ބައްޓަންކުރެވިފައިވުމާއިއެކު މިހާރުވަނީ އައި އެސްއޯއަށް ސާޓިފައިވެފައެވެ. އައިއެސްއޯއަށް ސާޓިފައިވުމަށް ކުރެވުނު މަސައްކަތުން މިހާރު
ކުންފުނީގެ ލަނޑުދަނޑިއާއި، ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ގޮތުގެ އުޞޫލުތަކާއި، ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ވަޒަންކުރާނެ މިންގަނޑުތަކާއި، މަސައްކަތްތަކާއި ގުޅުންހުރި މުހިއްމު މައުލޫމާތު އެއްކުރެވޭ ފޯމެޓްތަކާއި، ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކާއި، މަސައްކަތްތައް ބަލައި ޗެކު ކުރާނެ އިންތިޒާމް ހަމަޖެހި ޢަމަލު ކުރެވެމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އާ މިންގަނޑުގެ ދަށުން ކޮންމެ ޑިޕާޓްމަންޓަކަށްވެސް ހާސިލްކުރަންޖެހޭ ސްމާޓް ލަނޑުދަނޑިތަކެއް ކަނޑައެޅިފައި ހުރުމާއިއެކު އަދި މި
ލަނޑުދަނޑިތައް ކުންފުނީގެ ތަސައްވުރާއި، ވަކި ވަކި މުވައްޒަފުންގެ ކީ ޕާފޯމަންސް އިންޑިކޭޓާސް އާއި ގުޅުވިފައި ހުންނާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ. 

ފެނަކައިން އިތުރަށް ބުނީ މީފާއިތުވެ ދިޔަ މާޒީގައި ޢާއްމު ރައްޔިތުންގެ މެދުގައި ފެނަކަ އާއިމެދު ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދާ، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދެފުށްފެންނާނެހެން ނަޒާޙަތްތެރިކަމާއިއެކު ކުރެވުނު މަސައްކަތުން ޚިދުމަތް ދިނުމަށް އެކަށޭނަ ވަޞީލަތް ޤާއިމްކުރައްވާ، ރާއްޖޭގެ މި ހައްސާސީ ވަގުތުވެސް ކުންފނީގެ ހިންގެވުން ސާބިތުކަމާއެކު މަޑުޖައްސާލުމަކާނުލާ މެނޭޖިން ޑިރެކްޓަރު ސަޢިދާއި ކުންފުނީގެ ހީވާގި މުވައްޒަފުން އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނަތްތެރިކަމާއިއެކު ކޮށްދެއްވި އަގުހުރި އެހާމެ ބުރަ މަސައްކަތުގެ ނަތީޖާއަކީ ކުންފުނީގެ ހިންގުން އިހުނަށްވުރެ ވަރުގަދަވެ ހަރުދަނާ ކަމާއިއެކު ހިންގަމުން ދިއުން ކަމަށެވެ. 

ކުންފުނީގެ ހިންގުމަށް އައި ފުރިހަމަ ބަދަލާއިއެކު ލިބުނު އެންމެ ބޮޑު ހިންހަމަޖެހުމަކީ 2018 ވަނަ އަހަރާއި ހަމައަށް ކުންފުނި ހިންގަމުންދިޔައީ ދަރަނީގެ ތައްގަނޑު ޖަހައިގެންކަމަށް ވީނަމަވެސް ފާއިތުވެ ދިޔަ 2019 ވަނަ އަހަރު ނިންމާލީ ކުންފުނީގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ފެނަކަ ކޯޕަރޭޝަން އަރަނި ކުންފުންޏެއްގެ ގޮތުގައި ނަފާ ތައްގަނޑު ޖަހައިގެންނެވެ. 

މީ ކުންފުނީގެ ހިންގުމަށް ހެޔޮބަދަލެއް އައިއިރު، މީ ޒިންމާދާރުކަމާއި
އިހްމާލުވުމާހުރި ފަރަގު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިއަދު ކުންފުނީގެ މުވައްޒަފުންނަކީ ނަޒާޙަތްތެރި ކަމާއިއެކު ޙަލާލު މަސައްކަތުން ތާހިރު ދިރިއުޅުމަކަށް ވާޞިލްވުމަށް
ކަމަރުބަނދެގެން ތިއްބެވި ކުންފުންޏާއިމެދު ފަޚުރުވެރިވާ މުވައްޒަފުން ކަމަށް ވެސް ފެނަކައިން ބުންޏެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.