ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން ފުލުހަށް ހާޒިރުކުރުމުގެ ތެރެއިން -- ފޮޓޯ: ވަން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރިކަން ނިންމިކަން "ޖަޒީރާ" އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް ގޭ ބަންދަށް ބަދަލުކުރާނެ ވަގުތެއް އެނގިފައެއް ނުވެ އެވެ.

"ޖަޒީރާ" އަށް އެނގިފައިވާގޮތުގައި ގޭ ބަންދަށް ބަދަލުކުރަނީ އާއިލާގެ ފަރާތުން ހުށަހެޅި ކަންކަމަށް ބެލުމަށްފަހު އެވެ. އަދި ގޭ ބަންދަށް ބަދަލުކުރުމަށް ނިންމީފައިވަނީ ގާތްގަނޑަކަށް ހަތަރު ހަފްތާގެ މުއްދަތަކަށްކަން އެނގިފައިވެއެވެ.

އޭގެއިތުރަށް ޖަލުގައި ކޮވިޑްގެ ކޭސްތައް ފެތުރެމުންދިއުންވެސް ގެޔަށް ބަދަލުކުރާ ސަބަބުތަކުގެ ތެރޭގައި ހިިމެނޭކަން "ޖަޒީރާ" އަށް އެނގިފައިވެއެވެ. އެނގިފައިވާގޮތުން ސަރުކާރުން ވަނީ ހުރިހާ މަޝްވަރަތަކެއްވެސް ނިންމާފަ އެވެ. އަދި މިވަގުތު ހަމައެކަނި "ފަނައިލް ނުކުރަނީ ބަދަލުކުރާނެ ވަގުތެއް" ކަން އެނގިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަނަލް ސަރވިސްގެ ރަސްމީ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.

އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި ރައީސް ޔާމީންގެޔަށް ބަދަލުކުރުމާއި ގުޅޭގޮތުން ނޫސްވެރިޔަކު  ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނު ގެކޮށް ބަދަލުކޮށްދިނުމަށް އެދި، އެމަނިކުފާނުގެ އަނބިކަނބަލުންގެ ސިޓީއެއްވެސް ލިބިވަޑައިގެންނެވި ކަމަށާއި، މީގެ ދެ ތިން ދުވަސްކުރިން އިދިކޮޅު ލީޑަރޝިޕާއި ވެސް ބައްދަލުކުރެއްވި ކަމަށް ރައީސް ސޯލިހް ވިދާޅުވިި އެވެ.

އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އާއިލާގެ ހުށަހެޅުމާއި ގުޅޭގޮތުން މުއައްސަސާތަކާއި މަޝްވަރާކުރަމުންދާ ކަމަށާއި ރައީސް ޔާމީނަސް ދެރަގޮތެއް ނުވާނެ ކަމަށެވެ.

"ޔާމީނަށް ދެރަ ގޮތެއް ނުވާނެ"

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ އެމަނިކުފާނު މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގގެ ދައުވާގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ. އެ ކުށުގައި އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވިނަމަވެސް، އެ ކޯޓުންވެސް ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީނަކީ މަނީ ލޯޑަރ ކުރެއްވި ބޭފުޅޭއްކަމަށެވެ.

ހައި ކޯޓުގެ ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރިމް ކޯޓުގައިވެސް އިސްތިއުނާފް ކުރައްވާފަ އެވެ.

5
4
12
11
21

މިލިޔުމާއި ގުޅޭ

3 ކޮމެންޓް

  1. ކަލޯ މަނި ލޯޑަރޭ؟؟ މަވާ ސަލާމް.

  2. ތި ދާނީ ހަމަ ޖަމަލު ފޮޑިއަށް

  3. ޖަލުގަ ތިބި ގައިދީންގެ ތެރެއިން ކޮވިޑް ގެ ނުރައްކާ އޮތީ ހަމައެކަނި ޔާމީނަށް އެކަނި ތޯ؟...ﷲއަކްބަރް

ކޮމެންޓް

Your email address will not be published.