2021 ވަނަ އަހަރު އޭޝިއާގެ އިގްތިދސާދު 6.8 އިންސައްތަ ކުރިއަރާނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ބުނެފިއެވެ. 

ވޭތުވެދިޔަ 60 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް އޭޝިއާގެ އިގްތިސާދު އެގޮތުން މިއަހަރުގެ ތެރޭ 0.7 އިންސައްތަ ވަނީ ދަށްވެފައެވެ. އެހެން ނަމަވެސް އިގްތިސާދުތައް ދަށަށް ދިޔުމަށްފަހު އަންނަ އަހަރުގެ ތެރޭ 6.8 އިންސައްތަ ކުރިއަރާނެ ކަމަށް އޭޑީބީއިން ވަނީ ބުނެފައެވެ.

ނަމަވެސް ކޮވިޑް 19 ކޮންޓްރޯލް ނުކުރެވި އިތުރަށް ފެތުރޭނަމަ މި އަދަދުތައް ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެބެންކުން ވަނީ ބުނެފައެވެ. ކޮވިޑް 19 އެންމެ ފުރަތަމަ ފެތުރެން ފެށި ގައުމުކަމަށްވާ ޗައިނާގެ އިގްތިސާދު މިހާރު ވެސް ރަނގަޅު ވަމުން އަންނަ ކަމަށާއި އެގޮތުން މިއަހަރު ވެސް އެގައުމުގެ އިގްތިސާދު 1.8 އިންސައްތަ ކުރިއަރާނެއެވެ. އަދި އަންނަ އަހަރު ޗައިނާގެ އިގްތިސާދު 7.7 އިންސައްތަ ކުރިއަރާނެއެވެ. 

ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އޭޝިއާގެ ގިނަ ގައުމުތަކަކުން ވަނީ ބޯޑަރ ބަންދުކޮށް ދަތުރުފަތުރުކުރުން ހުއްޓުވައި ސިޓީތައް ލޮކްޑައުންކޮށްފައެވެ. މިފަދަ ހަރުކަށި ފިޔަވަޅުތަކުން އިގްތިސާދުތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. 

އަންނަ އަހަރު އިގްތިސާދުތައް ރަނގަޅުވި ނަމަވެސް ކޮވިޑްގެ ކުރިން އަންދާޒާކޮށްފައިވާ ވަރަށް ކުރިނާރާނެ ކަމަށް އޭޑީބީއިން ވަނީ ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *