އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން ޗެލްސީ ވެސް މޮޅުވެއްޖެއެވެ. 

ބްރައިޓަން އާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޗެލްސީއާ މި ސީޒަނުގައި އަލަށް ގުޅުނު ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅެފައެވެ. އެގޮތުން ފޯވާޑް ޓީމޯ ވާނާ އަދި މިޑްފީލްޑަރު ކައި ހަވަރޓްޒް ވެސް ވަނީ ކުޅެފައެވެ. 

ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ޖަހައިދިނީ ޖޯޖީނިއޯއެވެ. 

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޗެލްސީއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ބްރައިޓަންއިން ކުޅުން ރަނގަޅުކޮށް އެޓީމުން ވަނީ 54 ވަނަ މިނެޓުގައި އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ލިއަންދްރޯ ޓޮރސަޑް އެވެ. ޗެލްސީއިން އޭގެ ދެ މިނެޓު ފަހުން ލީޑު ނެގިއިރު އެޓީމަށް މި ލަނޑު ޖަހައިދިނީ ރީސް ޖޭމްސްއެވެ. ޗެލްސީގެ ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ ފްރާންސްގެ ޑިފެންޑަރު ކާޓް ޒޫމާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.