ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް އަދި ޕެރިސްް އެގްރީމެންޓުގައިވާކަންކަން ހާސިލްކުރުމަށްޓަކައި، ސިއްހީ ނިޒާމަށާއި ތިމާވެށީގެ ބަދަލުތާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށް ފޮރިންގ މިނިސްޓްރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވީ "ބިލްޑިންގ ރެސީލިއަންސް ޓު ފިއުޗަރ ޕެންޑަމިކް އެންޑް ކްލައިމެޓް ޗޭންޖު ތުރޫ ޕްރޮޓެކްޝަން އޮފް ނޭޗަރ" ގެ ނަމުގައި އޮންލައިންކޮށް ކުރިއަށްގެންދެވުނު އދ.ގެ އިކޮނަމިކް އެންޑް ސޯޝަލް ކޮމިޝަން ފޯރ އޭޝިޔާ އެންޑް ދަ ޕެސިފިކްގެ 77 ވަނަ ބައްދަލުވުމުގެ ހަވާސާގަ އެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖެ އާއި "އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ" ގުޅިގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން އާއި، މިނިސްޓްރީގެ ޕެނަލިސްޓުންގެ ޓިމުން ވަނީ ބައިވެރިވެފަ އެވެ.

މި ބައްދަލުވުމުގައި މުސްތަގުބަލުގައި ކުރިމަތިލާން ޖެހިދާނެ ބަލިމަޑުކަމަކުން ތައްޔާރުވުމުގެ މުހިންމުކަމާއި ތިމާވެށީގެ ބަދަލުތަކާއި، އޭގެ ސަބަބުން ގެއްލިގެން ދާ ދިރުންތަކާއީ، މާމާހައުލުތައް ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކާއި ޕޮލިސީތައް ހަދައި މި ޕޮލިސީތަކަށް އަމަލު ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި ވަނީ ކޮވިޑްގެ ސަބަބުން ދުނިޔޭގެ އިގްތިސޯދުތަކަށް ބޮޑެތި ހީނަރުކަމެއް އައިސް އެތައް ބަޔެއްގެ ދިރިއުޅުން ބަދަލުވެގެން ދިޔަކަން ފާހަގަކުރައްވާފަ އެވެ. އަދި އަވަސް ގޮތަކަށް ކޮވިޑާއި ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް ލިބުނުކަމާއި، ކޮވިޑްގެ ބަލިމަޑުކަމުގައި ކުރީ ސަފުގައި މަސައްކަތްކުރި ހިދުމަތްތެރިންގެ މަސައްކަތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ޝާހިދު ވިދާޅުވީ އެކުގައި މަސައްކަތްކުރާނަމަ ކުރިމަތިލާން ޖެހިފައިމިވާ ދަތި ހާލުގައި، ދިމާވެދާނެ ކޮންމެ ކަމަކުންވެސް އަރައިގަނެވޭނެކަމަށެވެ. އަދި އިންސާނިއްޔަތުކަމާއި އެކަކު އަނެކަކަށް އަޅާލުމުގެ މުހިންމުކަން ވަރަށް ރަނގަޅަސް ބުނެދިންކަމަށް ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ކޮވިޑްގެ ސަބަބުން މަލްޓިލެޓެރިލިސަމްގެ މުހިންމުކަން ފެނިއްޖެ އެވެ. އަދި ދުނިޔޭގެ އެކިގައުމުތަކުގެ މެދުގައި ގުޅުންބަދަހިކޮށް އެއްގައުމު އަނެއްގައުމަށް އެހީވުމުގެ މުހިންމުކަން ފާހަގަކުރައްވި އެވެ.

މީގެއިތުރުން ކްލައިމެޓް އެކްޝަންގެ މަސައްކަތާއި ޖެހުމުން "ބިޒްނަސް އޭސް ޔޫޝުއަލް" ވިސްނުމެއްގައި ކަންތައް ކުރެވެން ނެތް ކަމަށް މިނިސްޓަރ ވދާޅުވި އެވެ. އަދި ހަމަމިޔާއެކު ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ ކުރިޔަށް އޮތ މުސްތަގުބަލުގައިވެސް ދިމާވެދާނެ ބޮޑެތި ކާރިސާތަކުން އަރައިގަތުމަށް މުހިންމު ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.