"ކިންގް ހަމަދު ޔޫތު އެމްޕަވަރމަންޓް އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

މިއަހަރުގެ “3rd King Hamad Youth Empowerment Award to achieve SDGs” އަށް ކުރިމަތުލުމަށް ރާއްޖެއަށް ލިބުނު ފުރުސަތުތަކަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލައިފިއެވެ. 

އެމިނިސްޓްރީއިން ކުރި އިއުލާނެއްގައި ވާގޮތުން މި އަހަރުގެ އެވޯޑް ޚާއްސަ ކުރެވިފައިވަނީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގައި ޒުވާނުންނާއި، ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށެވެ. 

މި އެވޯޑަަށް ކުރިމަތިލެވޭ ދާއިރާތައް ވެސް  އެމިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން 

  • ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީސް) ޙާސިލްކުރުމަށް އެހީތެރިވެފައިވާ ޒުވާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑް (5 އެވޯޑް)

- ޕީޕަލް (އިންސާނުން): ފަޤީރުކަމާއި ބަނޑުހައިހޫނުކަން ނައްތާލުން.

- ޕްރޮސްޕަރިޓީ (ތިޔާގިކަން): ކާމިޔާބު އަދި ފާގަތި ދިރިއުޅުމެއް ކަށަވަރުކުރުމަށް ޤުދުރަތީގެ ވެށީގެ މުއްސަނދިކަން.

- ޕްލެނެޓް (ދުނިޔެ): ދުނިޔޭގެ މޫސުމާއި، ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުން.

- ޕީސް (އަމާންކަން): މުޖުތަމަޢުގެ އެންމެހާ ފަރުދުންގެ އަމާންކަމާއި ހަމަހަމަކަން އަދި ސިޔާދަތު ދެމެހެއްޓުން.

- ޕާޓްނާޝިޕް (ގުޅުން): އެޖެންޑާ 2030 ތަންފީޒުކުރުމަށްޓަކައި ދެމެހެއްޓެނިވި ގުޅުންތައް ވަރުގަދަކުރުން.

  • · ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީސް) ޙާސިލްކުރުމުގައި ޙަރަކާތްތެރިވާ ޒުވާނުންނަށް އެހީތެރިކަން ފޮރުކޮށްދޭ މަދަނީ ޖަމްޢިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑް

(3 އެވޯޑް)

- އިންސްޓިޓިއުޝަނަލް (ރަސްމީ): ޤާނޫނާއި ޤަވާއިދުތައް އެކުލަވާލުމުގައި ޒުވާނުންގެ ޚިޔާލާއި ބައިވެރިވުން އިތުރުކުރުން.

- ފައިނޭންޝިއަލް (މާލީ): ކާމިޔާބުކަމާއެކު އަލަށް ވިޔަފާރި ނުވަތަ އެނޫންވެސް ދާއިރާއަކުން ކުރިއަށްދިޔުމަށް ބޭނުންވާ ޒުވާނުންނަށް އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނުވަތަ ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމާއެކު އެކަމުގެ މަގުފަހިކޮށްދިނުން.

- ޓެކްނިކަލް (ފަންނީ): ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

މި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ކަރިކިއުލަމް ވިޓާ (ސީވީ)، ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްޞީލް އަދި ކުރެވިފައިވާ މަސައްކަތްތަކުގެ ހެކި ހުށަހަޅަން ޖެހޭނެއެވެ. 

އެ މިނިސްޓްރީއިން ވަނީ 15 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އަށް [email protected] މެއިލްއަށް ހުށަހެޅުއްވުންތައް މެއިލް ކުރެއްވުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.