އެލައިޑް އިންޝުއަރަންސް ކުންފުނީގެ ރަމަޟާން ޕްރޮމޯޝަން "ރޯދަމަހާ ރޯއްޖާ" މި ޕްރޮމޯޝަނުގެ ދަށުން އަލަށް މޮޓޯ ތާރޑް ޕާޓީ އިންޝުއަރަންސާއި ތަކާފުލް ނަގާ ފަރާތްތަކަށާއި ޕްލޭން އައު ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓަޑް އަގުތަކެއް ކަނޑައަޅައިފިއެވެ.

އެލައިޑުން ބުނިގޮތުގައި "ރޯދަމަހާ ރޯއްޖާ" ޕްރޮމޯޝަންގައި ސައިކަލަކަށް ތަރޑް ޕާޓީ ކަވަރޭޖް ހޯދުމަށް ހޭދަވަނީ އެންމެ 140 ރުފިޔާއެވެ. އަދި 4 ފުރޮޅުލީ އުޅަނދެއް ނަމަ، 475 ރުފިޔާއެވެ.

މީގެއިތުރުން އެހެނިހެން އުޅަނދުތަކަށްވެސް އެލައިޑުން ވަނީ ޑިސްކައުންޓަޑް ރޭޓްތައް މިޕްރޮމޯޝަނުގައި ލިބޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުުރުސަތު ކޮންމެ ފަރުދަކަށްވެސް ހުޅުވާލެވިފައިވެ އެވެ. އަދި މިޕްރޮމޯޝަން އަގުތަކުގައި ޕޮލިސީ ނެގުމަށް އޮންލައިން ވަސީލަތްތައް އިހުތިޔާރުކުރުމުގެ އިތުރުން އެލައިޑުގެ ކަސްޓަމަރ ފްރަންޓް އޮފީހަށްވެސް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މޮޓޯ ތަރޑް ޕާޓީ އިންޝުއަރަންސަކީ އެކްސިޑެންޓެއް ކުރިމަތިވާ ހިނދު ތިންވަނަ ފަރާތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެހެން ފަރުމާކުރެވިފައިވާ ޕޮލިސީއެކެވެ.

ކޮންމެ އުޅަނދަކަށްވެސް ނެގުން، ސަރުކާރުން ލާޒިމްކޮށްފައި މިޕޮލިސީއިން މުޅި މުޖްތަމައުއަށް އޭގެ ފައިދާ ކުރެއެވެ. މާނައަކީ، އެކްސިޑެންޓަކާއި ކުރިމަތިލާ ހިނދު ދެފަރާތުން ޕޮލިސީ ނަގާފައި ވާނަމަ، ދެފަރާތަށް ލިބޭ ގެއްލުމަށްވެސް ބަދަލު ކަށަވަރުވެގެންދެއެވެ.

މިޕްރޮމޯޝަނާއި ގުޅޭގޮތުން އެލައިޑުން ބުނީ މިޕްރޮމޯޝަނަކީ މަގުމަތީގެ ރައްކާތެރިކަމަށް ބަލައިގެން ދުއްވުމުގެ މުހިންމުކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ނިޔަތުގައި ފެށި ކެމްޕެއިނެއްކަމަށެވެ. އެގޮތުން މިކެމްޕެއިން މެދުވެރިކޮށް ރައްޔިތުންނަށް މިމެސެޖު ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރާ ކަމުގައި އެކުންފުނިން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، ރަމަޟާން މަހަކީ ނިސްބަތުން މަގުމަތީގެ ތަފާތު އެކްސިޑެންޓްތައް ގިނަ މަހެއްކަމުން، މިފަދަ ކަމެއް ހިނގާ ވަގުތުގައި ވެސް ލިބޭ ގެއްލުން ކުޑަ ކުރުމަށް އެހީތެރިވެދިނުމަށް ފެށި މަސައްކަތެއް ކަމުގައި އެލައިޑުން ފާހަގަ ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.