ރާއްޖޭގެ ޒުވާނުންނަށް އަމާޒުކޮށްގެން "މޯލްޑިވްސް ޔޫތު ކޭމްޕް 2020" ގެ ނަމުގައި ވަރޗުއަލް ކޭމްޕޭއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ނިންމައިފިއެވެ. 

މި ހަރަކާތް ހިންގަމުންދާނީ އެ މިނިސްޓްރީއިން މިއަހަރުގެ ޤައުމީ ޒުވާނުންގެ ދުވަސް ކަމަށްވާ 22 އޮކްޓޯބަރ 2020 ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްޓަކައި މިނިސްޓްރީއާއި އެހެނިހެން ފަރާތްތައް ގުޅިގެންކުރިޔަށް ގެންދާ ތަފާތު އެކި ހަރަކާތްތަކުގެ ތެރެއިންނެވެ. މި ކޭމްޕްގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ޒުވާނުންގެ އިސްނެގުމާއި، ބައިވެރިވުން އިތުރުކުރުން ކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ. 

މި ކޭމްޕްގައި ބައިވެރިވުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޒުވާނުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ހުޅުވާލެވިގެން ކޭމްޕެއް (ވާޗުއަލް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޭމްޕްގެ ޝިޢާރަކީ " ޔޫތު، ޕީސް އެންޑް ސެކިއުރިޓީ" އެވެ.

މިކޭމްޕް ނިންމުމުގެ ގޮތުން "މޯލްޑިވްސް ޔޫތު ކޭމްޕް 2020" ގެ ޤަރާރެއް އެކުލަވައިލެވި އެ ޤަރާރު ސަރުކާރާއި ޙިއްސާކުރެވޭނެ ކަމަށް ވެސް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ. 

މިކޭމްޕްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ބޭފުޅުން ގޫގްލް ފޯމް ލިންކް: 

 މެދުވެރިކޮށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ކޭމްޕަގައި ބައިވެރިވާން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 13 އޮކްޓޯބަރ 2020 ގެ 14:00 އާ ހަމަޔަށް ކަމަށް ޔޫތު މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *