އަރަބި ލީގާއި ފަލަސްތީނާއި ދެމެދު އޮންނަ ގުޅުމާއިމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އަރިހުން އެދޭނޭ ކަމަށް އެ ގައުމުގެ ޕްރައިމް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެގޮތަށް މި ވިދާޅުވީ ޔޫއޭއީ އާއި ބަހްރެއިން އިން އިސްރާއީލާއި ގުޅުން ބަދަހިކުރުމަށް ނިންމުމާއި ގުޅިގެން އަރަބި ލީގުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ފަލަސްތީނުގެ ޕްރައިމް މިނިސްޓަރ އިޝްތަޔަ ވިދާޅުވެފައިވާ ގޮތުގައި، އަރަބި ލީގަކީ އަރަބި ދައުލަތްތަކުގެ ނުކުޅެދުންތެރިކަމުގެ ރަމްޒެކެވެ. މީގެ އިތުރުންވެސް އެ މަނިކުފާނު ވިދާޅުވީ، އަންގާރަ ދުވަސް ވެގެންދާނީ އަރަބި ދައުލަތްތަކުގެ ތާރީހުގައި ކަޅު އަނދިރި ދުވަހެއް ކަމަށާއި، އެއީ އަރަބި ލީގު ބަލިވުން ކަމަށެވެ.

އެމެރިކާ އިސްވެ އޮވެ އެކުލަވާލި އެގްރީމެންޓްގައި ޔޫއޭއީ އާއި ބަހްރެއިން އަދި އިސްރާއީލުން ސޮއި ކުރުން އަންނަ އަންގާރަ ދުވަހު އޮންނާނެއެވެ. މި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އިސްރާއީލް ޕްރައިމް މިނިސްޓަރ ބެންޖަމިން ނަތަންޔާހޫ، ޔޫއޭއީ ފޮރިން މިނިސްޓަރ އަބްދުﷲ ބިން ޒަޔިދް އަދި ބަހްރެއިން ފޮރިން މިނިސްޓަރ އަބްދުލް ލަތީފް އަލް ޒަޔާނީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިއީ 1994 އަކަށް ފަހު އަރަބި ގަމަކުން އިސްރާއީލާއި ގުޅުން ބަދަހި ކުރާ ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މުޒާހަރާވެސް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *