ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ރައްޔިތުންގެ ހާއްސަ ގުޅުން ގަބޫލު ނުކުރެވިގެން އުޅެނީ ތަރައްގީ ފެނި އެކަމާ ހިތްދަތިވެގެން އުޅޭ ފަރާތްތައް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި މ. ކޮޅުފުށީ މަގުމައްތި ބެހެއްޓުމުގެ މަޝްރޫއު ކުރިއަށް ގެންގޮސް، އެ މަޝްރޫއު ނިންމުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. 

"އިންޑިއާ އައުޓް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ކުރިއަށްދާ ދަނޑިވަޅުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ މިއޮތް ގުުޅުމަކީ ހާއްސަ
ގުޅުމެއް ކަމަށާއި މި ގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގަ އޮތް ގުޅުމެއް ކަމަށެވެ. 

ދެ
ޤައުމުގެ ރައްޔިތުންގެ ހިތާ ހިތާ ގުޅިފަ އޮތް ގުޅުމެއް ކަމަށާއި އެކަން އަޅުގަނޑުމެން
ޤަބޫލު ކުރާ ކަމަށެވެ. އެކަން ޤަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މިސަރުކާރުން ހިންގަވާ
ތަރައްޤީގެ މަޝަރޫޢުތަކަށް، އެތަންތަން ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަން މިއަދުގެ ޒަމާނީ އިބާރާތުން ދަންނަވާކަމަށްވަންޏާ، ހަޖަމް ނުކުރެވޭ ފަރާތްތައް.
އަޅުގަނޑުމެން އެފަރާތްތަކުން ދައްކާ ވާހަކައަކަށް ބަލާކަށް ނުތިބޭނަން.
އަޅުގަނޑުމެން ކުރާނީ، މި ސަރުކާރުން ކުރަމުން ގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް
ފައިދާހުރި މަސައްކަތްތައް. ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށް ކުރަންޖެހޭ ކޮންމެ
ކަމެއް އަޅުގަނޑުމެން ކުރާނަން. އަކުމުގައި އަޅުގަނޑުމެން ފަސް ނުޖެހޭނަން.
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާކަމެއް އިރާދަކުރެއްވިއްޔާ، މިއަދުގެ
ސަރުކާރުން، ރައީސް އިބްރާހިމް މުޙައްމަދު
ޞާލިހުގެ ސަރުކާރުން ކޮށްދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ. 
މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގައި ކެންސަރުގެ ބައްޔަށް ބެސްކުރާ ފަރާތްތަކުން އެއުފުލަމުން
ގެންދާ ހިތްދަތިކަމަށް ހައްލެއްގެނައުމުގެ ގޮތުން، ހުޅުމާލޭގައި ކެންސަރަށް ޙާއްސަ
ކޮށްގެން އަޅާ ހޮސްޕިޓަލެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭ
ހިސާބަށް މިހާރު އެވަނީ ގޮއްސަފަ ކަމަށާއި ހަނިމާދޫ އެއާރޕޯޓް ވެސް އެދަނީ ހެދެމުން ކަމަށެވެ. އަދި މި ނޫންވެސް
ތަރައްޤީގެ އެތައް އެތައް ކަމެއް މެދުނުކެނޑި ކުރިއަށް ގެންދެވުމުގެ ރޭވުންތައް
ރޭވިގެންދާ ކަމަށެވެ. 

"މި ފުރުސަތުގައި މިފަދަ ބޮޑެތި މަޝްރޫއުތަކާ މިއަދު
މިނިމުނުފަދަ ކުދިކުދި މަޝްރޫޢުތަކަށް ވެސް އިންޑިއާގެ ސަރުކާރުން އެ ދެއްވާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށާއި އިންޑިއާ ސަރުކާރުގެ
ވެރީންނަށް ހާއްސަ ގޮތެއްގައި ހާރިޖީ ވަޒީރު ޑރ. ޖައެޝަންކަރު އަޅުގަނޑު
އިޙްލާސްތެރި ޝުކުރެއް ދަންނަވަން، އަދި އިންޑިއާއިން ރާއްޖޭގައި މިހުންނަވާ
ސަފީރާ އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރައްވާ ހީވާގި ޓީމަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *