ވައްޓަފާޅި

ގޭގައި ގަސްހައްދަން ބޭނުންތަ؟ މިގަސްތަކުން ފަށަމާ!

ގޭގައި ގަސް ބެހެއްޓުމަކީ އެކަމުގެ ސަބަބުން މީހާގެ ސިކުނޑިއަށް ތާޒާކަން ގެނުވައި ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. ރީތި ގަހެއް ފެނުމުން އެގަސް ގެންގޮސް ގޭގައި ބެހެއްޓި ނަމަވެސް އެގަހަށް އަޅައިނުލެވޭ ފަހަރު އާދެއެވެ.

ބައެއް ގަސްތަކަށް ފެން ނުވަތަ ކާނާ ނުދިނުމުގެ ސަބަބުން ގަސްތަކުގެ ފަތްތައް މިލާ މޯޅިވެ ގަސްތައް މަރުވާ ހާލަތަށް ދެއެވެ. އަނެއްބައި ގަސްތަކަކީ މާބޮޑު އަޅައިލުމެއް ނުދިން ނަމަވެސް ފަސޭހައިން ހެދޭ ގަސްތަކެވެ.

މި ލިޔުމުގައި މި ހިއްސާކޮށްލަނީ ބިޒީ ކޮށް އުޅޭ ފަރާތްތަކުން ނުވަތަ އަލަށް ގަސް ހައްދަން ބޭނުންވާ ފަރާތްތަކުން ގޭގައި ބެހެއްޓުމަށް ރަނގަޅު ހަތަރު ގަހެކެވެ.

ސްނޭކް ޕްލާންޓް

ސްނޭކް ޕްލާންޓް

ސްނޭކް ޕްލާންޓަކީ އެންމެ ފަސޭހައިން ހެއްދެނެ އެއްބާތެވެ. މިގަހަށް އިރުގެ ސީދާ އަލި ނުލިބުން ނަމަވެސް މިގަސް ތާޒާކަންމަތީ ގިނަ ދުވަހު އިންނާނެއެވެ.  އަލަށް ގަސްހައްދަން ބޭނުންވާ ފަރާތްތަކުން ހޯދުން އެންމެ ރަނގަޅު އެއް ގަހަކީ ސްނޭކް ޕްލާންޓެވެ.

ކެކްޓަސް

ކެކްޓަސް

ކެކްޓަސް އަކީ ކޮންމެ ކަހަލަ މޫސުމެއްގައިވެސް ތާޒާކަންމަތީ ހެދިފައި ހުންނާނެ ގަހެކެވެ. މިގަހަކީވެސް  މާބޮޑު އަޅާލުމެއް ނުދިން ނަމަވެސް ހަލާކުނުވެ ގިނަ ދުވަހު ހުންނާނެ ގަހެކެވެ. މިގަހަށް ފެން ސްޕްރޭ ކޮށްލުމުން އަދި ކޮންމެ ވެސް ވަރަކަށް އިރުގެ އަލި ލިބޭނަމަ ގަސް ރީތިކޮށް ހެދިފައި ހުންނާނެއެވެ.

ޖެއިޑް ޕްލާންޓް

ޖެއިޑް ޕްލާންޓް

ޖޭޑް ޕްލާންޓްގެ ފަތްތަކަކީ ބޯކޮށް ހުންނަ ފެތްތަކެވެ. މިގަހަށް ވެސް މާބޮޑު އަޅާލިމެއް ބޭނުމެއް ނުވާނެއެވެ.  މިގަހަށް ސީދާ އިރުގެ އަލި ބޭނުމެއް ނުވާނެއެވެ. މިގަހަށްވެސް ފެން ބޭނުންވަނީ ވަރަށް ކުޑަކޮށެވެ. އެހެންކަމުންގަހަށް ގަހަށް ފެން ސްޕްރޭކޮށްލުމުން ފުދޭނެއެވެ.

ސްޕައިޑަރ ޕްލާންޓް

ސްޕައިޑަރ ޕްލާންޓް

ސްޕައިޑާ ޕްލާންޓަކީ ކޮންމެ ތަނެއްގައިވެސް ފަސޭހައިން ހައްދާލެވޭނެ ގަހެކެވެ. ގަހުގެ ބުޑަށް ފެންދީ އިރުގެ އަލިކަން ހުންނަ ތަނެއްގައި މި ގަސް ބެހެއްޓޭނެއެވެ.

 

 

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %