ރ. ދުވާފަރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

09 ސެޕްޓެމްބަރ 2020 ގައި އެމްޓީސީސީއާ ކޮންޓްރެކްޓް ހަވާލުކުރެވުނު އިރު ސަރުކާރުގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމްއެވެ.

ޖުމްލަ 37.8 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ބެލެވޭ މި މަޝްރޫއުގައި ރ.ދުވާފަރުގައި ފައިމަގުގައި ހިނގުމަށް 4،960 އަކަ މީޓަރުގެ ސަރަހައްދެއް، އަދި ދުއްވާ އެއްޗިއްސަށް 17،790 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުންވެސް ކޭބަލް ހޮޅިވަޅުލުމާއި، މަގުބައްތި އަދި ނިޝާން ހަރުކުރެވޭނެއެވެ.

މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *