އިންޑިއާ ސަރުކާރުން 2019 ވަނަ އަހަރު ދެއްވާފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން މ.ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ހިންގި މަޝްރޫއު ނިމިއްޖެއެވެ.

މަޝްރޫއު ނިމުން ފާހަގަކޮށް މިއަދު ބޭއްވި ވަރޗުއަލް ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝަހިދު، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު އަދި މ.ކޮޅުފުށި ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މަގުބައްތި ޖެހުމުގެ ޕްރޮޖެކްޓަކީ ކޮޅުފުށީ ރައްޔިތުންނަށް ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަން ފާހަގަކޮށް، އެކަމަށް ބޭނުންވާ އެހީ ހަމަޖައްސަވައިދެއްވި ކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި މަޝްރޫއުގެ ސަބަބުން އެ ރަށުގައި ހިންގާ ކުށްތައް މަދުކުރެވި، މަގުތައް ބޭނުންކުރުމުގައި އެތައް ފަސޭހަތަކެއް ވެގެންދާނެއެވެ. މި މަޝްރޫއަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ހަރަދުވިއެވެ. 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތައް މެނޭޖްކުރަމުންދަނީ މަޝްރޫއު ހިންގާ ރަށްތަކާއި، ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *