އެމްޑީޕީއަކީ ބައިބައިވެގެން ދާނެ ޕާޓީއެއް ނޫން ކަމުގެ ޔަގީންކަން ދެއްވައި ކަންބޮޑުނުވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އާންމު މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ. 

އެމްޑީޕީގެ ތެރެއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އައި ހިސާބުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑަށް ވަނީ އުފެދިފައެވެ. އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ފައްޔާޒުގެ ދިފާއުގައި ތިއްބެވި މެންބަރުންނާއި ފައްޔާޒު، މަގާމުން ދުރުކުރަން ރައީސް ނަޝީދާ ބައިއަތު ހިއްޕަވައިގެން ތިއްބެވި މެންބަރުންނެވެ.

ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތަކީ ރައީސް ނަޝީދު އިސްވެ ހުންނަވާ ކުރައްވާ ކަމެކެވެ. އެއީ ޕާޓީ، ހިޔާނާތުގެ ހަޑިން ސަލާމަތް ކުރުމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ މިކަމުގައި ދުވަސްވީ އެކުވެރިޔާއާ ހިޔާލު ތަފާތުވެފައެވެ. ރައީސް ގަބޫލު ކުރައްވާ ގޮތުގައި ފައްޔާޒު މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް ނެތެވެ. އަދި ފައްޔާޒު ސަލާމަތް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިއާއެކު، ފައްޔާޒު މަގާމުން ދުރުކުރުން ދެ ރައީސުންގެ ރޭހަކަށް ވަނީ ވެފައެވެ. 

އެ ބަހުސް ހޫނުވެ، އާންމު މެންބަރުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާތީ އެމްޑީޕީގެ ގުރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ ވިދާޅުވީ "މި ޕާޓީ ބައިބައި ނުވާނެ" ކަމަށެވެ. އެކަމާ ކަންބޮޑުނުވުމަށެވެ. އަދި ވިދާޅުވީ "އަބަދުވެސް ހިޔާލު ތަފާތު ވާނެ" ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.