ޔޫއޭއެސް އޯޕެންގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ހޯދައިފިއެވެ. 

ފައިނަލްގައި ޖަރުމަނުގެ އެލެކްޒެންޑަރ ޒްވަރޭވްގެ މައްޗަށް އޭނާ ކުރި ހޯދީ ފަހަތުން އަރައި ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 6-2 އަދި 6-4 އިން ގެންދިޔައީ ޒްވަރޭވްއެވެ. އެހެން ނަމަވެސް ތިއެމް ވަނީ 6-4، 6-3 އަދި 7-6 އިން ސެޓުތައް ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. 

މިއީ ޒްވަރޭވްގެ ކެރިއަރުގައި އޭނާ ކުޅުނު ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލް ކަމަށްވާއިރު ތިއެމް އެންމެފަހުން ކުޅުނު ތިން ފައިނަލުން ވެސް އޭނާ ވީ ބައްޔެވެ. އެގޮތުން 2018 އަދި 2019 ވަނަ އަހަރުގެ ފްރެންޗް އޯޕެން އާއި 2020 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން އޭނާ ވީ ބައްޔެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ތިއެމް ބުނީ ދެ މީހުންނަށް ވެސް ޗެމްޕިއަންކަން ލިބޭނެ ނަމަ ވަރަށް އުފާވާނެ ކަމަށެވެ. 

މިއަހަރުގެ ޔޫއެސް އޯޕަންގައި ރަފައޭލް ނަދާލް އަދި ރޮޖަރ ފެޑެރާ ކުޅެފައެއް ނުވެއެވެ. ހަމައެހެންމެ ސާބިއާގެ ނޮވާކް ޖޮކޮވިޗް ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.  

މި ގްރޭންޑް ސްލޭމް ކާމިޔާބާއެކު ވެސް ތިއެމް އޮތީ ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.