ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަ އާ އިއްޔެ ބައްދަލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި ޓުރިޒަމް ތަރައްގީ ކުރުމާއި ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. މީގެ އިތުރުންވެސް، އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ސަފީރު ޓްވީޓް ކުރައްވާ ވިދާޅުވީ، ޓޫރިޒަމްއާއި ތިމާވެށްޓާއި ގުޅޭ މުހިންމު ވާހަކަތަކެއް ދެކެވުނުކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަށެވެ.

އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަ ގައުމެކެވެ. އެގޮތުން މިދިޔަ އަހަރު 126،000 ޓޫރިސްޓުން އެގައުމުން އައެވެ. މި އަދަދު އިތުރު ކުރުމުގެ ގޮތުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިގޮތުން، އިނގިރޭސި ވިލާތުގެ ޕަބްލިކް ޓްރާންސްޕޯޓް ބަސްތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.