ރަށު އިންޖީނުގެތަކަށް ހާއްސަކޮށްގެން ވާޗުއަލް ޓްރެއިނިންގ ސެޝަންތަކެއް ސްޓެލްކޯއިން ބާއްވައިފިއެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ކާމިޔާބު ސެޝަންތައް އިއްޔެގެ ވަގުތެއްގައި ވަނީ ނިންމާލާފައެވެ. މި ސެޝަންތަކުގައި، ރަށްރަށުގައި ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ވަނީ ގިނަ މަޝްވަރާތެކެއް ކުރެވިފައި ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ސްޓެލްކޯގެ މަސައްކަތުގެ ދާއިރާއިން ގިނަ މީހުން ތަމްރީން ކުރުމަށް މީގެ ކުރިންވެސް ވަނީ އިސްކަމެއް ދީގެން މަސައްކަތް ކޮށްފައެވެ. މިގޮތުން، އަންހެނުންނަށް ހާއްސަ ކޮށްގެން އިލެކްޓްރީޝަނުން ޓްރެއިން ކުރުމުގެ ޕްރޮގްރާމް ހިންގުމާއި، ޓިވެޓް އާއި ގުޅިގެން ސްޓެލްކޯގެ މުވައްޒިފުން ތަމްރީން ކުރުމާއި، ސްޓެލްކޯގެ މުވައްޒިފުންނަށް ހާއްސަ ކޮށްގެން ފައިބަ އޮޕްޓިކްސް ޓްރެއިނިންގ ޕްރޮގްރާމްތައްވެސް ވަނީ ހިންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.