އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗު އެވަޓަން އަދި ލެސްޓަރ ސިޓީއިން ކާމިޔާބުކޮށްފިއެވެ. 

ވެސްޓް ބްރޮމްވިޗް އަލްބިއޮން އާ ދެކޮޅަށް ކުޅުނު މެޗު ލެސްޓަރ ސިޓީއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ލެސްޓަރއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ޓިމޮތީ ކަސްޓާނޭ ޖަހައިދިންއިރު އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ޖެއިމީ ވާޑީއެވެ. ލެސްޓަރ ގެ ތިންވަނަ ލަނޑު އޭގެ 10 މިނެޓު ފަހުން އަނެއްކާ ވެސް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ވާޑީއެވެ. 

ވެސްޓް ބްރޮމްގެ މި ބައްޔާއެކު އަލަށް ޕްރޮމޯޓްވި ތިން ޓީމު ވެސް ވަނީ މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. 

އެވަޓަންއިން ވަނީ ޓޮޓެންހަމްގެ ދަނޑުގައި އެޓީމު 1-0 އިން ބަލިކޮށްފައެވެ. މި މެޗުގައި އެވަޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ލޫކަސް ޑިނޭ ނަގައިދިން ހުރަހަކުން ޖަހައިދިނީ ޑޮމިނިކް ކެލްވަރޓް ލުވިންއެވެ. މި މެޗުގައި އެވަޓަންއާ އަލަށް ގުޅުނު ތިން ކުޅުންތެރިން ކަމަށްވާ ހަމޭސް ރޮޑްރިގޭސް އާއި އަލަން އަދި ޑޮކޯރޭ ވަނީ ކުޅެފައެވެ. 

މި މެޗުތަކާއެކު ޕްރިމިއަރ ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އާސެނަލް އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތީ ލެސްޓަރ އެވެ. ތިންވަނައިގައި ލަނޑުގެ ތަފާތުން ނިއުކާސަލް ޔުނައިޓެޑް އޮތްއިތު ހަތަރު ވަނައިގައި އޮތީ މިދިޔަ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލްއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.