ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކުރުމަށް ހިންގަމުންދާ މަޝްރޫއުގެ މަސައްކަތުގެ 18 އިންސަައްތަ މަސައްކަތް ނިމިއްޖެއެވެ. 

މި މަސައްކަތް ކޮންޓްރެކްޓް ކުރެވިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި ކުޅުދުއްފުށި ހޮސްޕިޓަލް ބޮޑުކޮށް މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން 18 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން، ވާރޑް ބިލްޑި ންގގެ ފުރަތަމަ ފަންގިފިލާގެ ލިފްޓުގެ ފާރު ކާސްޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. 

މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު މި މަޝްރޫއު މޮބިލައިޒްކޮށްފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ 30 މިލިއަން ރުފިޔާއަށެވެ. 

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ދާދިފަހުން ވަނީ އެރަށުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް އިއުލާންކޮށްފައެވެ. އެރަށުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.