މާމިނގިލީ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ ގާސިމްގެ އިބްރާހިމްގެ ދެ ބޭފުޅުން ކަމަށްވާ އިބްރާހިމް ސިޔާދު ގާސިމާއި މަރިޔަމް ސަމާ، މާލެއިން ގެއެއް ބައްލަވައިގެންފިއެވެ. 

މި ދެ ބޭފުޅުން ބައްލަވައިގެންފައިވަނީ މަޖީދީމަގުގައި ހުންނަ މއ. ކަޝިޝް ކިޔާ ގެއެކެވެ. މިއީ 3216 އަކަފޫޓްގެ ގޯއްޗެކެވެ. އެ ގޭގެ ވެރިފަރާތް، އައިޝަތު އަނީސް، ގެ ވިއްކާފައިވަނީ ނުވަ މިލިއަން ރުފިޔާއަށެވެ. 

މާލޭގެ އެންމެ ބިމުގެ ޑިމާންޑް ބޮޑު ސަރަހައްދުން ގާސިމްގެ ދެ ބޭފުޅަކު ގެއެއް ބައްލަވައިގެންފައިވާއިރު ގާސިމް އާންމު ކުރެއްވި މާލީ ބަޔާނުގައިވާ ގޮތުން އޭނާގެ އަތުގައި ވެސް މާލޭގެ އަށް ބިމެއް އޮވެއެވެ. 

މި ވިޔަފާރީގެ މުއާމަލާތް ސައްހަ ކަމަށް ސިވިލް ކޯޓުން ވެސް ވަނީ ކަނޑައަޅާފައެވެ. އެއްބަސްވުމުގައިވާ ގޮތުން އައިޝަތު އަނީސްއަށް ނުވަ މިލިއަން ރުފިޔާ ދީފައިވާތީ މއ. ކަޝިޝްގެ މިހާރުގެ މިލްކުވެރި ފަރާތަކީ ސިޔާދާއި ސިމާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ ހުކުމް ވެސް ކޮށްފައެވެ. 

ސިޔާދާއި ސަމާއަކީ ގާސިމް ފެއްޓެވި ގިނަ ވިޔަފާރިތަކެއް މިހާރު ބަލަހައްޓަވަމުން ގެންދަވާ ދެ ބޭފުޅުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.