އއ.އުކުޅަހުގައި ކަރަންޓީނުގައި ހުރި މީހަކު މަރުވެއްޖެއެވެ.

އުކުޅަހުގެ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަރުވެފައި ވަނީ 66 އަހަރުގެ އަނެހެނެއް ކަމަށާއި، މަރުވީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ޝައުކަތު ވިދާޅުވީ، މަރުވި މީހާއަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް ފަހު ރަށަށް ދިޔަ މީހެއް ކަމަށާއި މާލެއިން ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ވެފައިވާ ކަމަށެވެ. ހިތުގެ ބަލީގެ އިތުރުން ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުންވެސް ހުންނަ ކަމަށާއި، ކަރަންޓީނުގައި ހުރި މުއްދަތުގައި ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި ކަރަންޓީން މުއްދަތުގައި އޭނާގެ ހާލުވެސް އުސޫލުތަކުގެ ތެރެއިން ހޮސްޕިޓަލުން ބެލި ކަމަށް ޝައުކަތު ވިދާޅުވިއެވެ. މަރުވި އުމުރުން ދުވަސްވީ އަންހެން މީހާ އއ.އުކުޅަހަށްގޮސް ކަރަންޓީން ވީތާ އަދި ވާނީ 2 ދުވަސް ކަމަށް ޝައުކަތު ވިދާޅުވެފައިވެއެވެ.

މަރުވާ ކޮންމެ މީހަކުވެސް ކޮވިޑަށް ޓެސްޓު ކުރުމަށް ކަނޑައަޅާފައި ވާތީ، އޭނާގެވެސް ސާމްޕަލް ވަނީ ނަގާފައެވެ. ކައުންސިލްގެ ރައީސް މައުލޫމާތު ދެއްވާ ގޮތުގައި ޓެސްޓުގެ ނަތީޖާ މާދަމާގެ ވަގުތެއްގައި ލިބޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.