އިނގިރޭސި ޕްރިމިއަރ ލީގުގެ އައު ސީޒަނުގައި ކުޅުނު ފުރަތަމަ މެޗު އާސެނަލްއިން ކާމިޔާބުކޮށްފިއެވެ. 

ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 8 ވަނަ މިނެޓުގައި އެލެކްޒެންޑަރ ލަކަޒެޓް ކާމިޔާބުކުރިއިރު ދެވަނަ ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމާއި އަލަށް ގުޅުނު ގެބްރިއެލް މަގާލޭސްއެވެ. އާސެނަލްގެ ތިންވަނަ ލަނޑު 57 ވަނަ މިނެޓުގައި ޖަހައިދިނީ ޕިއަރ އެމެރިކް އައުބަމަޔަންގއެވެ. އެޓީމުން ޖެހި ތިން ލަނޑުގައި ވެސް އެސިސްޓް ފޯރުކޮށްދިނީ ޗެލްސީ ދޫކޮށް އެޓީމާއި އަލަށް ގުޅުނު ވިލިއަންއެވެ. 

އާސެނަލްގެ އިތުރުން ކްރިސްޓަލް ޕެލަސްއިން ވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އަމިއްލަ ދަނޑުގައި ސައުތުހެމްޕްޓަންއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕެލަސްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ވިލްފްރީޑް ޒަހާއެވެ. 

ނިއުކާސަލް ޔުނައިޓެޑުން ވެސް ވަނީ ފުރަތަމަ މެޗުގައި ވެސްޓް ހަމް ޔުނައިޓެޑް ބަލިކޮށްފައެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން ކަމަށްވާއިރު އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި އެޓީމާއި އަލަށް ގުޅުނު ކެލަމް ވިލްސަން ޖަހައިދިންިއިރު 87 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޖެފް ހެންޑްރިކްއެވެ. 

ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތްއިރު ދެވަނައިގައި އޮތީ ނިއުކާސަލް ޔުނައިޓެޑްއެވެ. ތިންވަނައިގައި ލިވަޕޫލް އޮތްއިރު ހަަތަރުވަނައިގައި އޮތީ ކްރިސްޓަލް ޕެލަސްއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *