އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޒުވާނުންގެ ސައިކަލް ބުރު ނަމުގައި ބޭއްވި އެއްވުމުން 41 މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނީ މި 41 މީހުން ހައްޔަރުކޮށްފައިވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އާއްމުން ނުރައްކަލަށް ހުށަހެޅޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންގުންތަކާއި ހިލާފަށް އެއްވުމާއި ގުޅިގެން ކަމަށެވެ. ފުލުހުން ވަނީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކޮށްފައެވެ.

އެއްވެސް ގައިދުރުކަމެއް ނެތި އިދިކޮޅުން ބޭއްވި މި ސައިކަލް ބުރު ފުލުހުން ވަނީ ރަސްފަންނުން ފެށުމާއެކު މާފަންނު ސަހަރާ ކައިރިން ހުއްޓުވާފައެވެ. އަދި އެއްވުމުގެ ބައެއް ބައިވެރިން ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް މަސައްކަތް ކޮށް ބައެއް ފުލުހުންނާއި ކުރިމަތިލުމަށް ވެސް މަސައްކަތްކޮށްފައެވެ. 

މި އެއްވުން ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން އާއްމުކުރި ބަޔާނެއްގައި ވަނީ އެޗްޕީއޭގެ އެންގުންތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ. އަދި އެންގުންތަކާ ހިލާފަށް އެއްވުންތައް ބާއްވައި ބައިވެރިވާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ މިއަދު މެންދުރު ބުނެފައެވެ. 

އިދިކޮޅު، ޕީޕީއެމް އަދި ޕީއެންސީއިން އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް މާލޭގައި އެއްވުންތަކެއް މީގެކުރިން ބޭއްވި މައްސަލާގައި އިލެކްޝަން ކޮމިޝަނުން ވަނީ އެ ދެ ޕާޓީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.