ހުޅުމާލެ ފޭސް 2 ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަޔަރ ޑްރިލްއެއް ކުރިޔަށް ގެންގޮސްފިއެވެ. 

އެމްއެންޑީއެފްއިން ބުނީ މި ޑްރިލްއަކީ ފަޔަރ ފައިޓަރުންގެ ގާބިލްކަން އިތުރު ކުރުމަށް ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ ތަމްރީންތަކެއް ކަމަށެވެ. 

މި ތަމްރީންތައް ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް 2 ގައި ބިނާކޮށްފައިވާ ހިޔާ ފްލެޓްތަކުގައެވެ. އެގޮތުން މި ޑްރިލްގައި މިފަދަ އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި މީހުން ސަލާމަތް ކުރާނެ ގޮތްތައް އެކަމަށް ޚާއްސަ އަލިފާން ނިއްވާ އުޅަނދު ބޭނުންކޮށްގެން ފަރިތަކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. 

ދާދިފަހުން މާލޭގައި އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި މި އަލިފާންގަނޑުތައް ނިއްވާލުމަށް އެމްއެެންޑީއެފްއިން ވަނީ ހަރަކާތްތެރިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *