ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ވިއްކާނުލާނެ ކަމަށާއި އޭނާއަކީ އެކްލަބަށް މުހިންމު ކުޅުންތެރިޔެއް ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ވެސްޓް ހަމްގެ މިޑްފީލްޑަރު ޑެކަލަން ރައިސް ގެނައުމަށްފަހު ކަންޓޭ ވިއްކާލަން ޗެލްސީއިން މަސައްކަތްކުރާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި ކަންޓޭ ހޯދުމަށް އިންޓަ މިލާނުން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ސީޒަނުގެ ޓްރާންސްފަރ މާކެޓުގައި އެންމެ ހަރަކާތްތެރި ޓީމެއްގެ ގޮތުގައި ފެންނަނީ ޗެލްސީއެވެ. 

ބީބީސީއާ ވާހަކަ ދައްކަމުން ލަމްޕާޑް ބުނީ ދުނިޔޭގެ ކޮންމެ ޓީމަކުން ވެސް ކަންޓޭއަށް ޖާގަ ލިބޭނެ ކަމަށާއި މިދިޔަ އަހަރަކީ އޭނާއަށް އިންޖަރީގެ ސަބަބުން ވަރަށް އުނދަގޫ އަހަރަކަށް ވެގެންދިޔަ ކަމަށެވެ. މި އަންނަ ސީޒަނާއި ކުރިމަތިލާއިރު އޭނާ ހުރީ ވަރަށް ފިޓުކޮށް ކަމަށާއި އެހެންކަމުން އޭނާގެ ފުރިހަމަ ބޭނުން ހިފޭނެ ކަމަށް އުއްމީދުކުރާ ކަމަށް ލަމްޕާޑް ބުންޏެވެ. 

ކަންޓޭ އެހެން ޓީމަކަށް ބަދަލުވާން އުޅޭ ކަމަށް ބުނެ މީޑިއާތަކުގައި ކޮށްފައިވާ ރިޕޯޓްތަކަށް ރައްދު ދެމުން ލަމްޕާޑް ބުނީ ކަންޓޭ ޗެލްސީގައި މަޑުކުރުވަން ބޭނުންވާ ކަމަށާއި އޭނާއަކީ ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށް ދެކޭ ކަމަށެވެ. 

ކަންޓޭ ޗެލްސީއާ ގުޅުނީ ލެސްޓަރ ސިޓީއާއެކު ޕްރިމިއަރ ލީގު ކާމިޔާބު ކުރުމަށްފަހުއެވެ. އޭނާ އަންނަނީ ޗެލްސީއަށް ބަދަލުވި ފަހުން އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.