ކޮންމެ މީހަކުވެސް އޭނާގެ ކައިވެނި ކޮށްގެން އުޅޭ މީހާ ނުވަތަ ލޯބިވެރިޔާ އަކީ ވަފާތެރި މީހެއް ކަމުގައި ވަނީނަމަ އެއީ އެމީހަކަށް ލިބިގެންދާ ވަރަށް ބޮޑު ނިއުމަތެކެވެ.

ދެމީހުން އެކުގައި އުޅޭ އިރު އެކަކު އަނެކަކަށް ބައެއް ކަންކަން ހިއްސާނުކޮށް ސިއްރު ކުރެވޭ ފަހަރު ދެއެވެ. އެފަދަ ވަގުތުތަކުގައި އެކަކު އަނެކަކަށް އޮންނަ އިތުބާރު ގެއްލި ދެމީހުންގެ މެދުގައި ޝައްކު އުފެދި ދެމީހުން މައްސަލަ ޖެހި ދެމީހުންގެ ގުޅުން ހީނަރުވެގެން ދެއެވެ.

މި ލިޔުމުގައި މި ހިއްސާ ކޮށްލަނީ ބައިވެރިއާއަކީ ވެފާތެރިއެއްކަން ދެނެގަންނާނެ ހަތަރު ގޮތެކެވެ.

ދިރިއުޅުމުގެ ހުރިހާކަމެއް އެކަކު އަނެކަކަށް ހިއްސާކުރުން

ބައިވެރިއާއަކީ ތެދުވެރި ވަފާތެރިއެއްނަމަ ދިރިއުޅުމުގައި ދިމާވާ އެންމެ ކުދި ކަންތަކުން ފެށިގެންގޮސް ހުރިހާ ކަމެއް އެކަކު އަނެކަކާއި ހިއްސާކުރުމަށް ފަހެއް ނުޖެހޭނެއެވެ. ބައިވެރިޔާގެ ދުވަސް ދިޔަ ގޮތާއި ދިމާވި މީހުންގެ ވާހަކައިން ފެށިގެން ގޮސް ހުރިހާ ވާހަކައެއް ފޮރުވުމެއް ނެތި ހިއްސާކުރާނެއެވެ.

އަބަދުވެސް ބައިވެރިޔާ ކޮބައިތޯ ބެލުން

ދުވަހުގެ އެކި ވަގުތުތަކުގައި ބައިވެރިޔާގެ ފޯން ކޯލް ނުވަތަ މެސެޖްތައް ލިބެމުންދާނެއެވެ. ކޮންމެ ގޮތަކަށް މޫޑް ހުރި ދުވަހެއް ކަމުގައިވީނަމަވެސް ވާހަކަ ދައްކާ އުޅޭނޫޅޭ ބަލާނަމަ އެއީ ވަފާތެރިއެއްކަން ދެނެގަނެވޭނެއެވެ.

ހުރިހާ ވާހަކައެއް ވެސް ހިއްސާކުރަން ފަސްނުޖެހުން

ބައެއް ސިއްރު ތަކަކީ ވަރަށް ބޮޑަށް އިތުބާރު ކުރެވޭ މީހަކަށް މެނުވީ ހިއްސާ ކުރެވޭނެ ވާހަކަ ތަކެއް ނޫނެވެ. ބައިވެރިޔާގެ ހުރިހާ ސިއްރުތަކެއްވެސް ހިއްސާކުރާނަމަ އެއީ ތެދުވެރި ވަފާތެރިއެއްކަން ދެނެގަނެވޭނެ ކަމެކެވެ.

އިހުތިރާމްކުރުން

ދެމީހަކީ އެކުގައި އުޅޭއިރު އެކަކު އަނެކަކަށް އިހުތިރާމް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބައިވެރިޔާ އިހުތިރާމް ކުރާނަމަ ދޮގުހަދާ، އޮޅުވާލާ އަދި އިހުސާސްތަކާއި ކުޅުމަށް ކުުޑަކޮށްވެސް އޭނާގެ ހިތައް ނާރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.