އާޓްސް ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ހައްގުތައް ރައްކާތެރި ކުރުމާއިބެހޭ ގާނޫނު ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ކުރާނޭ ފަރާތެއް ހޯދުމަށް ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސްއިން (އެންސީއޭ) ބީލަމަށް ހުޅުވާލައިފިއެވެ. މިކަން އިއުލާންކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ 3 ސެޕްޓެމްބަރ ގައެވެ.

ބީލަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ހާއްސަކޮށްގެން 13 ސެޕްޓެމްބަރު ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ގައުމީ ދާރުލްއާސާރު ބިލްޑިންގ)ގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެންސީއޭ އިންވަނީ އިއުލާންކޮށްފައެވެ.

އާޓްސް ދާއިރާގެ ފަންނުވެރިންނާއި ގުޅޭ ގާނޫނެއް ތައްޔާރު ކުރުމުގެ ބޭނުމަކީ، އެ މީހުންގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުމާއި، އާޓްސް ދާއިރާ ހަރުދަނާ ކުރުމާއި، ދާއިރާގެ އެންމެހައި ބައިވެރިންގެ މަސައްކަތްތައް ރެގިއުލޭޓް ކުރުމާއި، އަދި މިދާއިރާ އަކީ ކޮބައިކަމާއި، ދާއިރާގައި ހިމެނޭނެ ކަމަށް ޤާނޫނުން ކަނޑައަޅާ ފަރާތްތައް ދަފްތަރުކުރެވޭނެ އާންމު މިންގަނޑުތަކެއް ބަޔާންކުރުން ކަމަށް އެންސީއޭއިން ވަނީ ބުނެފައެވެ.

އެންސީއޭ އިން މައުލޫމާތު ދޭ ގޮތުގައި، ގާނޫނުގެ ސަބަބުން ފަންނުވެރިންނަކީ ކޮބައިކަން ފުރިހަމަ ގޮތެއްގައި މާނަކުރެވި، ފްރީލޭންސަރުންވެސް ހިމެނޭގޮތަށް އާޓްސް ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ޕްރޮފެޝަންލް ސްޓޭޓަސް ލިބިގެންދާނެއެވެ. މިއާއެކު، މިހާރު ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލެވޭނޭ ކަމަށް އެބޭފުޅުން އުންމީދުކުރެއެވެ.

ޤާނޫނު އެކުލަވައިލުމުގައި ދިވެހިރާއްޖޭގައި، މިހާރު އާޓްސް ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ އެން.ޖީ.އޯ ތަކާއި އަދި ދާއިރާއިން ތަޖުރިބާ ހާސިލުކުރައްވާފައިވާ ވަކިވަކި ފަރުދުންނާއި، މިހާރު މަސައްކަތް ކުރަމުންދާ ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުއި އެކަންތައްތަކަށް ރިއާޔަތް ކުރެވޭނޭ ކަމަށް އެންސީއޭ އިން މައުލޫމާތު ދީފައިވެއެވެ.

ބީލަމުގައި ބައިވެރިވެވޭމެ އެންމެ ފަހު ގަޑިއަކީ 21 ސެޕްޓެމްބަރު ގެ ހެނދުނު 11:00 އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *