ތާލިބާނުންނާއެކު އަފްޢާނިސްތާނުގެ ސަރުކާރުން ސުލްހައިގެ މަޝްވަރާތައް ފަށައިފިއެވެ. 

ގާތްގަނޑަކަށް 40 އަހަރު ވެފައިވާ އަފްޢާނިސްތާނުގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ފަށާފައިވަނީ ޤަތަރުގައެވެ. މި މަޝްވަރާތައް ކުރިން ފަށަން ހަމަޖެހިފައި އޮތީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ކުށްވެރިޔެއް ބަދަލުކުރަން އަފްޢާނިސްތާނުގެ ސަރުކާރުން ދެކޮޅު ހެދުމާއެކު މަޝްވަރާތަކަށް މަޑުޖެހުމެއް އައެވެ. 

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ތާލިބާނަށް ނިސްބަތްވާ ހަ ކުށްވެރިޔަކު ދޫކޮށްލުމާއެކު އެ ޖަމާޢަތުން ވަނީ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ. 

މިއީ އަފްޢާނިސްތާނުގެ ސަރުކާރުގެ އޮފިޝަލުންނާއި ތާލިބާނުންނާއި ދެމެދު ކުރިޔަށް ގެންދެވޭ ފުރަތަމަ ރަސްމީ މަޝްވަރާތަކެވެ. މީގެކުރިން އެ ޖަމާޢަތުން ސަރުކާރާ މަޝްވަރާކުރަން ދެކޮޅު ހަދާފައިވަނީ އެއީ އެމެރިކާގެ 'ޕަޕެޓުން' ކަމަށް ބުނެއެވެ. 

މި މަޝްވަރާތައް ފެށުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވެސް ބައިވެރިވެވަޑައިގަތެވެ. އޭނާ ވިދާޅުވީ މިއީ ތާރީހާ މަޝްވަރާތަކަކަށް ވެގެންދާނެ ކަމަށެވެ. 

މި މަޝްވަރާތައް ނިމިގެންދާ ގޮތުން އަފްޢާނިސްތާނުގެ 40 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް އަައުމަށް މަގުފަހިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބޭރުގެ މަސްރަހު ދިރާސާ ކުރައްވާ މާހިރުން ވިދާޅުވެއެވެ.މ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.