އެކި ގައުމުތަކުގެ ސިފައިން މީގެ ކުރިން ރާއްޖޭގައި މަސައްކަތް ކުރިއިރު ވެސް ޑިފެންސް ކޯޕަރޭޝަންއިން މިނިވަންކަން ގެންލިފައި ނުވާކަމަށް ބްރިގޭޑިއާ ޖެނަރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ދީދީ ވިދާޅުވީ ގައުމުތަކުގެ ސިޔާސީ މިނިވަންކަމަކީ މިޒަމާނުގައި އެހާ ފަސޭހައިން ގެއްލޭ އެއްޗެއް ނޫން ކަމަށެވެ. 

އިންޑިއިން ރާއްޖޭގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރާކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ބުނެ " އިންޑިއާ އައުޓޫ" ނަމުގައި ކެމްޕެއިން ކުރަމުންދާ ދަނޑިވަޅެއްގައި ދީދީ ވިދާޅުވީ ސިޔާސީ ފައިދާއަކަށް އަވަށްޓެރި ގައުމުތަކާއި ޖެހިގަނެ، ސަރަހައްދީ ގައުމުތަކާއި ޖައްސަން މަސައްކަތް ކުރުމަކީ ގައުމުގެ ސަލާމަތަކަށް ނުރައްކާވާފަދަ ކަމެއް ކަމަށެވެ. 

އިންޑިއާގެ ޑިފެންސް ކޮލެޖުން މާސްޓާ އޮފް ފިލޯސަފީ ހާސިލް ކުރައްވާފައިވާ ދީދީ ވިދާޅުވީ ނަވާރަސްތޭކާގެ އަހަރުތަކުގައި ބޭރުގެ ސިފައިން ރާއްޖޭގެ ސިފައިން ޓްރޭނިންކޮށް ރާއްޖޭގައި މަސައްކަތް ކުރިއިރު ވެސް މިނިވަންކަން ނުގެއްލޭކަމަށެވެ. 

ދީދީ މިހެން ވިދާޅުވީ ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު މަމީލް އަހުމަދު ވަކި ގައުމެއްގެ ސިފައިން ރާއްޖޭގައި ބައިތިއްބަން މަސައްކަތް ކުރުމަކީ ގައުމުގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް ދެއްކި ވާހަކައަށް އިޝާރަތްކޮށްފައެވެ. "1970 ގައި ރަޝިޔާ ސިފައިން 1980 ގައި ލީބިޔާ، އީރާގެ ސިފައިން 1988 ގައި އިންޑިއާ ސިފައިން 1990 އިގެރޭސީން އަދި އެމެރިކާ ސިފައިން ރާއްޖޭގެ ސިފައިން ޓްރޭނިންގްކޮށް ރާއްޖޭގައި މަސައްކަތްކުރި އިރު، މިނިވަންކަން ނުގެއްލޭ ކަމަށާއި، ޑިފެންސްކޯޕަރޭޝަންގެ މިނިވަންކަން ނުގެއްލޭ" ބްރިގޭޑިއާ ޖެނަލަރަލް (ރިޓަޔާޑް) ދީދީ ވިދާޅުވިއެވެ. 

އިންޑިއާއަށް ރާއްޖެ ވިއްކާލަން އުޅޭކަމަށް ބުނެ "އިންޑިއާ އައުޓު"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ކެމްޕެއިންއެއް ވަނީ ފަށާފައެވެ. ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި މާލެއާއި ބައެއް ރަށްތަކުގައި އެ ޕާޓީގެ އިސްބޭފުޅުން ވަނީ އެޗްޕީއޭގެ އުސޫލުތަކަށް ޚިލާފަށް މުޒާހަރާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *