ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެމެރިކާއާއި ރާއްޖެ ގުޅިގެން ފްރޭމްވޯރކެށް އެކުލަވާލައިފިއެވެ. އެމެރިކާގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެމެރިކާގެ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮރ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ވަރނަރ އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، މި ފްރޭމްވޯރކްގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި ދެ ގައުމުގެ ދެމެދުގައި މިހާރުވެސް އޮންނަ ވަރުގަދަ ގުޅުމަށް އިތުރަށް ބާރު ލިބިގެންދާނެކަމަށެވެ. މީގެ އިތުރުންވެސް، އިންޑޯ-ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެ ގައުމުގެ މަސްލަހަތު ގުޅިފައިވާ ކަމެއް ކަމަށާއި، ކޯވިޑް-19 ގެ މިހާލަތުގައިވެސް، ކަނޑުފޭރުމާއި ނިރުބުވެރިކަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާއި ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމުގެ ސަރުކާރުގެ ދެމެދު މަޝްވަރާކޮށްގެން ކުރިއަށްދިޔުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަ ކުރައްވާފައިވެއެވެ.

މި ފްރޭމްވޯރކްގެ ދަށުން ދެ ގައުމުގެ ދިފާއީ ވުޒާރާއިން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި:

1. ދިފާއީ އަދި ސަލާމަތީ ދައިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުން،

2. ދިވެހިރާއްޖޭގެ ދިފާއީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ހަރަކާތްތައް ހިނުގަމަށް ފުރުސަތު ތަނަވަސްކުރުން,

3. ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުން,

4. ނިރުބުވެރިކަމާއި ހަރުކަށިފިކުރާއި ދެކޮޅާށް ކުރާ މަސައްކަތް ހަރުދަނާ ކުރުން,

5. ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަންތައް ހިންގުން ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މި ބޭއްވުނީ މިނިސްޓަރ މާރިޔާ އަމިއްލަ ދަތުރުފުޅެއްގައި

އެމެރިކާއަށް ވަޑައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.