ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ގަދަކަމުން ބަދު އަހްލާގީ އަމަލު ހިންގި ބަޔަކު ހައްޔަރުކޮށްފިއެވެ. މިކަން ހިނގާފައިވަނީ އއ. ބޮޑުފުޅަދޫގައެވެ. 

ފުލުހުން ބުނި ގޮތުގައި މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ އެ އަންހެން މީހާ އެ ރަށުގެ ދޯނި އެހެލާ ބަނދަރަށް ގެންގޮސް އޭނާއާމެދު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގައި ވީޑިއޯ ވަނީ ކޮށްފައެވެ. 

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އެތަނަށް ގެންދިޔައީ ފިލްމާއި ލަވަ އަޅައިދޭނެ ކަމަށް ބުނެއެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. 

ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތައް އިތުރުވުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.