އިދިކޮޅަށް ގިނަ ޖޫރިމަނާތަކެއް ދައްކަން ޖެހިފައިވާތީ ފަންޑު ފޮށްޓެއް ބަހައްޓައިފިއެވެ. "ހައްގު ފޮށި"ގެ ނަމުގައި މި ފަންޑު ފޮށި ހުޅުވައިދެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު  ވަހީދެވެ. 

އިދިކޮޅު، ޕީޕީއެމް އަދި ޕީއެންސީއިން އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް މާލޭގައި އެއްވުންތަކެއް ބޭއްވި މައްސަލާގައި އިލެކްޝަން ކޮމިޝަނުން ވަނީ އެ ދެ ޕާޓީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. 

އަދި ހަރަކާތް ހިންގުމަށް އިސްކޮށް އުޅުއްވި ބޭފުޅުންނާއި އެއްވުމުގައި މާސްކު ނޭޅުއްވި ބޭފުޅުން 1،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. އޭގެ ތެރޭގައި ރައީސް ވަހީދާއި ޕީއެންސީގެ ރައީސް އަބްރަހީމް އަބްދުﷲ ހިމެނެއެވެ. 

ފަންޑު ފޮށްޓެއް މިއަދު އިދިކޮޅުން ހުޅުވާފައިވާއިރު މާދަމާ ވެސް މާލޭގެ މަގުތަކުގައި ސައިކަލް ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *