ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އެކްލަބްގެ ކެޕްޓަން ލިއޮނެލް މެސީ އާކޮށްފާނެ ކަމަށް އެޓީމަށް ކުރިން ކުޅުނު ބްރެޒިލްގެ ފޯވާޑް ރިވާލްޑޯ ބުނެފިއެވެ. 

އުމުރުން 33 އަހަރުގެ މެސީ ވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ބާސާ ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގާފައެވެ. އެހެން ނަމަވެސް ބާސާއިން އޭނާ ވިއްކާލަން ދެކޮޅު ހެދުމާއި ގުޅިގެން މެސީ ވަނީ އެ ކްލަބްގައި މަޑުކުރާނެ ކަމަށް ބުނެފައެވެ. 

ރިވާލްޑޯ ބުނީ މިދިޔަ ހަފްތާގައި ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް މެސީ ބުންޏަސް އޭނާ ކޮންޓްރެކްޓް އައުކޮށް ބާސާގައި މަޑުކޮށްފިނަމަ ވެސް ހައިރާން ނުވާނެ ކަމަށެވެ. އެގޮތުން މެސީ ހިޔާލު ތަފާތުވެފައިވަނީ ކްލަބްގެ ރައީސްއާ ކަމަށާއި އެހެން ނަމަވެސް މާޗް މަހު އޮންނަ އައު އިންތިހާބުގައި ރައީސްކަމަށް އެހެން މީހަކު ހޮވިއްޖެ ނަމަ އޭނާ ބާސާގައި މަޑުކުރާނެ ކަމަށް ރިވާލްޑޯ ބުންޏެވެ. 

މެސީގެ އުމުރުން 38 އަހަރު ވަންދެން އޭނާ ބާސާއަށް ކުޅޭނެ ކަމަށް ރިވާލްޑޯ ބުންޏެވެ. މެސީ ބާސާގެ ޖާޒީގައި އަދިވެސް 100 އިންސައްތަ ދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިދިޔަ ސީޒަންތަކުގައި ވެސް ފެނުނު މެސީ އަންނަ ސީޒަނުގައި ވެސް ފެނިގެންދާނެ ކަމަށް ރިވާލްޑޯ ބުންޏެވެ. 

ބާސާގެ ފުރަތަމަ މެޗުގައި މި މަހުގެ 27 ވަނަ ދުވަހު އެޓީމު ނިކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ. މި މެޗުގައި މެސީ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *