އިނގިރޭސިވިލާތާއި ޖަޕާނާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ. 

މިއީ ޔޫރަޕިއަން ޔޫނިއަންއިން އިނގިރޭސިވިލާތް ވަކިވި ފަހުން ގައުމަކާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އައި ފުރަތަމަ ފަހަރެވެ. މި އެއްބަސްވުމާއެކު ދެ ގައުމުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް 15 ބިލިއަން ޕައުންޑުން އިތުރުވެގެންދާނެ ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ. 

ހުކުރު ދުވަހު ދެގައުމުގެ މެދުގައި މި އެއްބަސްވުން ވި ނަމަވެސް ޖަޕާންގެ ގާނޫނު ހަދާ މަޖިލީހުން މި އެއްބަސްވުމަށް ރުހުން ހޯދަން ޖެހެއެވެ. އެގައުމުގެ ފޮރިން މިނިސްޓަރު ވަނީ ޖެނުއަރީ މަހުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުން މި އެއްބަސްވުމަށް ރުހުން ދޭނެ ކަމަށް ވިދާޅުވެފައެވެ. 

މި އެއްބަސްވަމާއެކު އިނގިރޭސިވިލާތުގެ ޖީޑީޕީއަށް އަންނާނީ އެންމެ 0.07 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. 

މި އެއްބަސްވުމާއެކު ޖަޕާނަށް އިނގިރޭސިވިލާތުން ބޭނުންކުރާ މުދަލުގެ 99 އިންސައްތަ ޓެރިފް ފްރީ ވެގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.