6 މަހުން ކޯޑިންގ ދަސްކޮށްދޭ ޕްރޮގްރާމެއް އޮކްޓޯބަރ މަހު ފެށުމަށް އުގައިލް ފައުންޑޭޝަން އިން ނިންމައިފިއެވެ. މި ޕްރޮފްރާމަކީ 16 އަހަރުން މަތީގެ މީހުންނަށް ހާއްސަ ކޮށްގެން ފަށާ ޕްރޮގްރާމެކެވެ.

އުގައިލް ފައުންޑޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި، އޮންލައިންކޮށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ވެބް ބޭސްޑް އެޕްލިކޭޝަންތައް ހެދުމަށް ބޭނުންވާ ޕްރޮގްރާމިން އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ހުނަރުތައް ދަސްކޮށްދޭނެއެވެ. މި ކޯހުގައި ބައިވެރިވުމަށް ޕްރޮގްރާމިންގް ކުރިން ހަދާފައިވުން މަޖުބޫރު ނޫން ކަމަށްވެސް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.  

މީގެއިތުރުންވެސް، ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ޓީޗަރުން ކަމަށްވެސް އުގައިލް ފައުންޑޭޝަން އިން މައުލޫމާތުދެއެވެ. މަހަކު 1،000 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާ މި ކޯހުގެ ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ދުވަހަކީ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހެވެ.

އުގައިލް ފައުންޑޭޝަން އަކީ ރާއްޖޭގައި ކޯޑިންގ ޕްރޮމޯޓް ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ފައުންޑޭޝަންއެކެވެ. މިގޮތުން ކުޑަ ކުދިންނަށް ހާއްސަކޮށްގެންވެސް ކޯސްތައް އަންނަނީ ހިންގަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *