ކުޅުދުއްފުށީ ސިޓީ އާއި ގދ. ތިނަދޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ. ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. 

ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރު ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ޖެހެއެވެ. ރެޖިސްޓަރ ކުރުމުގެ ފުރުސަތު އޮންނާނީ ސެޕްޓެމްބަރު 13 އިން ފެށިގެން އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ސެޕްޓެމްބަރު 14 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ބިޑިން ޑޮކިއުމަންޓް ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. 

މި ޕްރޮޖެކްޓަށް ބިޑް ހުށަހަޅާ ފަރާތްތަކުން 2.3 މިލިޔަން ރުފިޔާ ނުވަތަ 150،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ. އެއީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހަށް ސައްހަ ބިޑް ސެކިއުރިޓީއަކަށް ވާންޖެހޭނެ އެވެ. ބިޑްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 22 ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ފިނޭންސް މިނިސްޓްރީގައެވެ.

މީގެއިތުރުން ވެސް އެހެން ބައެއް ރަށްރަށުގެ ހޮސްޕިޓަލްތަކުގެ އާ އިމާރާތް އެޅުމަށާއި މަރާމާތުކުރުމަށާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމަށް ބީލަމަށް ހުޅުވާލާފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.