މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުންދާ ނޫސްވެރިކަމުގެ އިނާމަށްް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އިނާމަކީ 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އިނާމެކެވެ.

މީޑިއާ ކައުންސިލުން ބުނީ މިމަހުގެ 10 އިން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި

ފަހަރުގެ އިނާމަށް އާ ދެ ކެޓަގަރީއެއް ތައާރަފްކޮށްފައިވެއެވެ. އެއީ ތަހީގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް) އާއި ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީގެ ދާއިރާއެވެ.

ދެން އިނާމް ދޭ ނުވަ ދާއިރާއަކީ އެހެން އަހަރުތަކުގައި ވެސް އިނާމް ދެމުން އައި ދާއިރާތަކެވެ. 

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް: 

ތަހުގީގީ ނޫސްވެރިކަން

އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން

ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ

ސިޔާސީ

ޝަރުއީ އަދި ޤާނޫނީ

ވިޔަފާރިއާއި އިޤުތިޞާދު

ކުޅިވަރު

ފޮޓޯ ޖާރނަލިޒަމް

ވީޑިއޯ ޖާރނަލިޒަމް

ފީޗަރ / ރިޕޯޓް

އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.