އެއް ސްކޫލެއްގައި ޖެހިޖެހިގެން ޕްރިންސިލަޕްކަން ކުރެވޭނީ ގިނަވެގެން އަށް އަހަރަށް ކަމަށް ޕްރިންސިޕަލުންގެ ވަޒީފާއާ ބެހޭ އުސޫލުގައި ކަނޑައަޅައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލައި އާންމުކުރި އުސޫލުގައިވާ ގޮތުން ޕްރިންސިޕަލުންގެ ވަޒީފާއާ ބެހޭ އުސޫލްގެ ބޭނުމަކީ ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ ގަބިލު، އެކަށީގެންވާ ޕްރިންސިޕަލުން އައްޔަނު ކުރުމެވެ. އަދި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަހަރެވެ. އޭގެއިތުރުން ވިދިވިދިގެން އެންމެ ގިނަވެގެން ޕްރިންސިޕަލްކަން އެއް ސްކޫލެއްގަިއ ކުރެވޭނީ އަށް އަހަރެވެ. 

އާ އުސޫލުގައި ކަނޑައަޅާފައިވާ ގޮތުގައި ޕްރިންސިޕަލުންގެ މަގާމަށް ހޮވާ ފަރާތެއް ކަނޑައާޅާނީ ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވާ އުސޫލަށް ބަލައިގެންނެވެ. އަދި މި މަގަމަކީ ދާއިމީ ގިންތީގައި ހިމެނޭ މަގާމަކަށް ވާތީ ޕްރިންސިޕަލުންގެ ގޮތުގައި ހޮވާ ފަރާތްތަކާމެދު އަމަލު ކުރާނީ ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފުންނާމެދު އަމަލު ކުރާ އުސޫލުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *