މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ކުންފުނި، ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރާ ޑިވިޝަނުން ނެރެފައިވާ އަމުރެއްގައި ބުނެފައިވަނީ އެކައުންޓްތައް ފްރީޒް ކުރާ ކަމަށާއި އަދި އެ އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވުމަށް އަންގާ ކަމަށެވެ.

މި އަމުރު ސިވިލް ކޯޓުން ނެރުނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގެ ތެރެއިންނެވެ. 

ސިންގަޕޫރްގެ އާބިޓްރޭޝަނުން ވަނީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސަން ޓްރެވެލްގެ މައްޗަށް އަންގާފައެވެ. ނަމަވެސް އެ ފައިސާ ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ހިލްޓަނުން ވަނީ ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައެވެ. 

ސިވިލް ކޯޓުން 2017 ވަނަ އަހަރުގެ ތެރޭގައި ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފައެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކުރިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.