ކޮވިޑް-19 ބަލީގައި އިތުރު މީހަކު ރާއްޖެއިން މަރުވެއްޖެއެވެ. އެމީހާއަކީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އެޗްޕީއޭއިން ބުނި ގޮތުގައި މިއަދު މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 30 ވަނަ މީހާއެވެ. 

ރާއްޖެއިން އެންމެ ގިނައިން މި ބަލީގައި މަރުވެފައިވަނީ ދުވަސްވީ ދިވެހިންނެވެ. އޭގެއިތުުން ދެން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. 

ކޮވިޑް މާލޭގައި އަދިވެސް ފެތެރެމުންދާއިރު މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ މަރުވާ މީހުންގެ އަދަދު ދަށް ކުރުމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.