ޓޫރިޒަމް މިނިސްޓްރީގައި ހިޔާނާތަށް މަގުފަހިވާ ދޮރެއް ހުރެއްޖެ ނަމަ ބަންދު ކުރައްވާނެ ކަމަށް އެ މިނިސްޓްރީއަށް އަލަށް އައްޔަން ކުރައްވާފައިވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާާޅުވެއްޖެ އެވެ.

"ޖަޒީރާ ނިއުސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މުޅި ވިސްނުންފުޅު ހުރީ ކޮރަޕްޝަން އެއްކޮށް ނައްތާލުމަށް ކަމަށާއި ޓޫރިޒަމް މިނިސްޓްރީ ތެރޭގައި ވެސް އެފަދަ ކަމެއް ހިނގާ ނަމަ އެ ދޮރެއް ބަންދު ކުރައްވާނެ ކަމަށެވެ.

"ކަންތައްތައް ބައްޓަންވެފައި އޮންނަން ޖެހޭނީ ވަރަށް ނުބައި ނުލަފާ މީހެއް ވެސް ވަޒީފާއާ ހަވާލުވެދާނެ ކަމަށް. އެގޮތައް ސިސްޓަމް އޮތީމަ ރަނގަޅުވާނެ. އިރާދަކުރެއްވިއްޔާ މިތަނުގެ [ޓޫރިޒަމް މިނިސްޓްރީ] ގެ ސިސްޓަމުގައި އެފަދަ ލޫޕް ހޯލްއެއް އިނދެއްޖެ ނަމަ އެކަން އަޅުގަނޑުމެން ބައްދާނަން،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ ފަހަކަށް އައިސް ދިވެހިން ޓޫރިޒަމް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓްރީއާ މެދު ދެކެމުން އައި ގޮތް ބަދަލު ކުރުން ކަމަށެވެ. އަދި އެކަން ހާސިލުކޮށް އަހަރުތަކެއް ފަހުން ދިވެހިން އެ ވާހަކަ ދައްކާނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ. 

"އަހަރުތަކެއް ފަހުން މީހުން ބުނާނީ ވަކި ބޭފުޅަކު ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެ ކަންތައްތަކެއް ބަދަލުކޮށްލައިފިޔޭ. އަޅުގަނޑުގެ އުންމީދަކީ އެކަންތައްތައް ބަދަލު ކުރުން،" މައުސޫމް ވިދާޅުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.