ގދ. ހޯޑެއްދޫ އިން އިތުރު 10 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ހޯނޑެއްދޫ އިން މިއަދު ފަސް ފިރިހެނުންނާއި ފަސް އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި 60 އަހަރުން މަތީ ހަތަރު މީހަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މީގެ އިތުރުން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 80 އަހަރުގެ މީހާއާއި 67 އަހަރުގެ މީހާ މިރޭ ވަނީ ގއ. ކޮވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކޮށްފަ އެވެ.

ހޯޑެއްދޫ އިން މިދިޔަ ހޮނިހިރު ވެސް 19 މީހުން ޕޮޒިޓިވްވި އެވެ. މިއާއެކު އެ ރަށުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ޖުމުލަ އަދަދު ވަނީ 35 އަށް އަރައިފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި 111 މީހުން އެބަތިއްބެވެ. އަދި އެ ބަލީގެ އަލާމަތް ހުރި 60 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.