ޔޫކްރެއިންއަށް ވަގަށް އެތެރެވާން އުޅެނިކޮށް ބެލާރުސްގެ އިދިކޮޅު ލީޑަރު މާރިއޯ ކޮލެސިނިކޯވާ ހައްޔަރުކޮށްފިއެވެ. 

ބެލާރުސްގެ ދައުލަތުގެ ޓީވީއިން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޔޫކްރެއިނާއި އެގައުމު ގުޅޭ ބޯޑަރުންނެވެ. އޭނާ ހައްޔަރުކުރިކަން ރިޕޯޓްކޮށްފައި މިވަނީ އޭނާ ގަދަކަމުން ވޭނަކަށް އަރުވައިގެން ބަޔަކު ގެންދިޔަ ކަމަށް ރިޕޯޓްކުރިތާ އެއް ދުވަސް ވެސް ނުވަނީހެވެ. އެހެން ނަމަވެސް ޔޫކްރެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޕާސްޕޯޓް ނައްތާލުމާއި ގުޅިގެންނެވެ. ބެލެވޭ ގޮތުގައި އޭނާ ޕާސްޕޯޓް ނައްތާލާފައިވަނީ އަލުން އަނބުރާ ބެލާރޫސްއަށް ފޮނުވާލުމުގެ ބިރު އޮތުމުންނެވެ. 

އޭނާއަކީ އޮގަސްޓް މަހު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު މިހާރުގެ ރައީސް އެލެކްޒެންޑަރ ލުކަޝެންކޯ ކާމިޔާބު ކުރުމާއެކު އޭނާއާ ދެކޮޅަށް ނުކުތް ތިން ލީޑަރުންގެ ތެރެއިން އެކަކެވެ. އެމީހުން ބުނަމުންދާ ގޮތުގައި ލުކަޝެންކޯ އިންތިހާބު ކާމިޔާބުކުރީ ވޯޓު އޮޅުވާލައިގެންނެވެ. މިކަމާއި ގުޅިގެން ބެލާރުސްގެ އެކި ސަރަހައްދުތަކުގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ފެށިފައެވެ. 

ސަރުކާރާ ދެކޮޅަށް ބެލާރުސްގައި މުޒާހަރާކުރާތާ ހަތަރު ހަފްތާ ވެފައިވާއިރު އާދިއްތަ ދުވަހު ވެސް 600 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޔޫރަޕިއަން ޔޫނިއަނުން ވަނީ ހުރިހާ ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ހޯމަ ދުވަހު ގޮވާލާފައެވެ. އަދި ބެލާރުސްގެ ސަރުކާރާއި ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އީޔޫއިން ވަނީ ބުނެފައެވެ. 

ބެލާރުސްގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އިތުރު ދެމީހުންނާއެކުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *