ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދުކުރުމަށް ފަހު ޖުލައި 15ގައި ބޯޑަރު ހުޅުވިފަހުން އޮގަސްޓް މަހުގެ ނިޔަލަށް މީހުން އަންނަ މިންވަރު އިތުރުވަމުންދާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓިން ބުނެފިއެވެ.

މިގޮތުން ޖުލައި މަހު 15 އިން 31ގެ ނިޔަލަށް 2،890 އިންޓަނޭޝަނަލް އެރައިވަލްސް ރެކޯޑްކުރެވިފައިވާ ކަމަށް އެ އެއާޕޯޓުން ނެރުނު ތަފާސް ހިސާބުތަކުން ދައްކައެވެ. މި މުއްދަތުގައި ޑޮމެސްޓިކް އެރައިވަލްސް ގެ އަދަދަކީ 1،954 އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހު އިންޓަނޭޝަނަލް 11،186 އެރައިވަލްސް އަދި 3،282 ޑޮމެސްޓިކް އެރައިވަލްސް ރިކޯޑްކުރެވިފައިވެއެވެ. މިއީ ޖުލައި މަހާ އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މީގެއިތުރުންވެސް ޖުލައި މަހު 4،106 އިންޓަނޭޝަނަލް ޑިޕާރޗާސް އަދި 2،555 ޑޮމެސްޓިކް ޑިޕާޗަރސް ރިކޯޑް ކުރެވިފައިވެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހު 14،045 އިންޓަނޭޝަނަލް ޑިޕަރޗާސް އަދި 3،438 ޑޮމެސްޓިކް ޑިޕާރޗާސް ވަނީ ރިކޯޑް ކޮރެވިފައެވެ.

އެއަރ ޓްރެފިކް މޫވްމެންޓްއަށް (އޭޓީއެމް) ބަލާއިރު ޖުލައިމަހު 196 އިންޓަނޭޝަނަލް މޫވްމެންޓް އަދި އޮގަސްޓް މަހު 432 މޫވްމެންޓް ރިކޯޑް ކުރެވިފައިވެއެވެ. ޑޮމެސްޓިކް މޫވްމެންޓަށް ބަލާއިރު ޖުލައިމަހު 191 މޫވްމެންޓް އަދި އޮގަސްޓް މަހު 326 މޫވްމެންޓް ރިކޯޑްކުރެވިފައިވެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިން އަންނަ އަދަދު އިތުރުކުރުމަކީ ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ވަރަށް މުހިންމުކަމެކެވެ. މިހާރުވެސް ގިނަ އެއާރލައިން ތަކަކުން ރާއްޖެއަށް އޮޕަރޭޓް ކުރާއިރު، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރަޝިއާގެ އެއިރޯފްލޮޓްގެ ދަތުރުތައްވެސް ރާއްޖެއަށް ފަށާނެއެވެ. މިއާއެކު އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާނޭ ކަމަށް ބެލެވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.