އިދިކޮޅު ކޯލިޝަނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީޕީއެންސީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ރެހެންދި ފްލެޓް ތަކުން އަގު ބޮޑު ދެ ފްލެޓް ގަތް މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން އަނެއްކާވެސް ނިންމައިފިއެވެ.

އޭސީސީއިން ވަނީ މި މައްސަލަ އަލުން ބަލަން ނިންމާފައިވާކަން ޖަޒީރާ ނޫހަށް ކަށަވަރުކޮށްދީފައެވެ. މި މައްސަލަ އެންމެ ފުރަތަމަ ބަލަން ނިންމީ އާންމު ފަރާތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން 2018 ވަނަ އަހަރުއެވެ. އެ އަހަރު ޖުލައި މަހު އޭރުގެ އޭސީސީއިން ނިންމާފައިވަނީ އެޕާރޓްމެންޓްތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ކަމަށެވެ. އެހެންނަމަވެސް ޖަޒީރާ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލުން މި މައްސަލަ ބަލަން އޭސީސީއިން ނިންމީ އޭރު ތަހުގީގު ކުރިއަށް ގެންދިޔަ ގޮތުގައި މައްސަލަތަކެއް ހުރިކަމަށް ލަފާކުރެވޭތީއެވެ. 

މި ކަމާ ގުޅިގެން އަދުރޭ ވަނީ 2 ފްލެޓް ބައްލަވައި ގަތްކަމަށް އިއުތިރާފް ވެ އެއްވެސްކަމެއް ފޮރުވަން ނޫޅޭކަމަށް އޭރު ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުރޭއާއި އޭނާގެ އަނބިކަނބަލުންގެ ވަނީ އެފްޑަބްލިޔު ކޮންސްޓަރަކްޝަން އިން މާލެ ސިޓީގައި ބިނާކުރި ރެހެންދި-6 އިން 2 ފްލެޓް ބައްލަވައިގަނެފައެވެ. މި 2 އެޕާރޓްމެންޓްގެ އަގު 4.5 މިލިއަން ރުފިޔާއާއި ގާތް ކުރާނެއެވެ.

މި ދެ އެޕާރޓްމެންޓަށް އެއްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނެ އަޑު އަރާފައިވާއިރު، މިއީ ނަހަމަގޮތުން ހޯދާފައިވާ ފައިސާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *