ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސި އިންޑިއާގެ އަސްކަރީ ދެ ބޯޓަކީ ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. 

މިއަދު ހެނދުނު އެ ދެ ބޯޓު ޖެއްސި ފޮޓޯތައް  ވަނީ އާންމުވެފައެވެ. އަދި އެކަމާ ގުޅިގެން ކަންބޮޑުވުމާއި ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. 

އެކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގެ ދޯނިޔާ ރާއްޖޭގައި މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް މަޑުކުރާނެ ކަމަށެވެ. އެއީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑާގެ ސިފައިން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. 

އޮފިސަރު ވިދާޅުވީ ދެ ފްލައިޓް މިއަދު އައި ނަމަވެސް އެ ތަނުން އެއް ފްލައިޓް މިއަދު ފުރާނެ ކަމަށެވެ. ދެ ފްލައިޓް އެންމެ ފުރަތަމަ އައުމަކީ މިފަދަ އޮޕަރޭޝަންތަކުގައި އާންމު އުސޫލު ކަމަށެވެ.     

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.