ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ހާމަކުރުމަށްފަހު ކްލަބުން އޭނާ ވިއްކާލަން ދެކޮޅު ހެދުމާއެކު ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ލިއޮނެލް މެސީ ފަށައިފިއެވެ.

އުމުރުން 33 އަހަރުގެ މެސީ ވަނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ބާސާ ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގާފައެވެ. އޭގެ ފަހުން ބާސާގެ އެއްވެސް ފަރިތަކުރުމެއްގައި މެސީ ބައިވެރިވެފައެއް ނުވެއެވެ. އެހެން ނަމަވެސް ބާސާއިން ވަނީ އޭނާ ވިއްކާލާނީ އޭނާގެ ރިލީސް ފީ އެހެން ކްލަބަކުން ހުށަހެޅުމުން ކަމަށް ބުނެފައެވެ. މެސީގެ ރިލީސް ފީއަކީ 700 މިލިއަން ޔޫރޯއެވެ. 

ބާސާއިން މިގޮތަށް ބުނުމާއެކު މެސީ ވަނީ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެއްކޮށް ގެއްލިފައިވާ ކަމަށް ބުނެ ބާސާގައި މަޑުކުރުމަށް ނިންމާފައެވެ. 

ބާސާގެ ކޯޗުގެ މަގާމަށް ރޮނާލްޑް ކޯމަން އައްޔަނުކުރި ފަހުން މިއީ މެސީ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. 

ބާސާގެ ފުރަތަމަ މެޗުގައި މި މަހުގެ 27 ވަނަ ދުވަހު އެޓީމު ނިކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ. މި މެޗުގައި މެސީ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.