ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި ޕްރިމިއާ ލީގުގެ ހަ ކްލަބްވެސް އެ ލީގުން ވަކިވެއްޖެއެވެ.
ޔޫރަޕިއަން ސުޕަރ ލީގުގައި ބައިވެރިވި ޕްރިމިއާ ލީގުގެ ހަ ކްލަބްވެސް އެ ލީގުން ވަކިވާން ކުއްލި ގޮތަކަށް އަންގާރަ ދުވަހުގެ ރޭ ނިންމައިފިއެވެ.
ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ، ސަޕޯޓަރުންނާއި، އިނގިރޭސި ސަރުކާރު އަދި ކްލަބުގެ އެހެން ކީ ސްޓޭކް ހޯލްޑަރުންގެ އަޑު ކަނުލައި އެ ކްލަބުން އަހާފައިވާ ކަމަށާއި، ކްލަބް ދެމި އޮންނާނީ ފުޓުބޯޅަ އާއިލާއާ ގުޅިގެން މި ކުޅިވަރު ކުރިއެރުވުމަށް ކަމަށެވެ.
ލިވަޕޫލުން ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ކްލަބުގެ އެތެރެއިންނާއި، ބޭރުން ކީ ސްޓޭކް ހޯލްޑަރުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ކްލަބަށް ހުށަހެޅިފައިވާ ކަމަށާއި، އެ ހުރިހާ ސްޓޭކް ހޯލްޑަރުންނަށްވެސް ދޭން ބޭނުންވާ ޔަގީން ކަމަކީ ކްލަބުުގެ ކަންކަން އަބަދުވެސް ކުރިޔަށްދާނީ އެ މީހުންނާ އެކު ކަމަށެވެ.
All six Premier League teams involved in the European Super League have formally withdrawn from the competition.
This is what each club said in their statements...#bbcfootball
— BBC Sport (@BBCSport) April 20, 2021
އާސެނަލްއިން ނެރުނު ބަޔާނެއްގައި ސުޕަރ ލީގުން ވަކިވުމަށްފަހު ބުނީ، އެ ލީގުގައި ބައިވެރިވުމަކީ ހެދުނީ ގޯހެއް ކަމަށާއި، އެކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ. އަދި އާސެނަލް އޮންނާނީ އަބަދުވެސް އާސެނަލް ގޮތުގައި ކަމަށާއި، ސަޕޯޓަރުން ހިތް އެދޭ ގޮތަށް ދެމި އޮންނާނެ ކަމަށްވެސް އެ ކްލަބުން ބުނެއެވެ.
ޗެލްސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލަބަކީ އެންމެ ފަހުން ސުޕަރ ލީގުގައި ބައިވެރިވާން ނިންމި ކްލަބް ކަމަށާއި، ނަމަވެސް މިހާރު ބައިވެރިވެވުނު މޮޔަ ކްލަބަށް ހީވެފައިވާ ކަމަށެވެ. އަދި ކްލަބުން ވަނީ އެކަމަށް ނިހާޔަތަށް މައާފަށް އެދިފައެވެ. އަދި ސިޓީންވެސް ވަނީ ސުޕަރ ލީގުގައި ބައިވެރިވާން ނިންމި ނިންމުން އަނބުރާ ގެންދާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
މީގެއިތުރުން ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ވިދާޅުވީ، ސުޕަރ ލީގުގައި ބައިވެރިވެވުމުން ބޭނުންނުވާ ބައިވަރު ކަންކަމާ ކްލަބުން ކުރިމަތިލާން ޖެހުނު، ކްލަބުން ސުޕަރ ލީގުގައި ބައިވެރިވާން ނިންމީ އެއީ ކްލަބަށް ފައިދާވާނެ ގޮތެއް ކަމަށް ދެކިގެން ކަމަށެވެ.
OFFICIAL: All six Premier League teams—Arsenal, Chelsea, Liverpool, Manchester City, Manchester United and Tottenham—have begun the process to withdraw from the Super League. pic.twitter.com/17q0FlXCJJ
— B/R Football (@brfootball) April 20, 2021
ޕްރިމިއާ ލީގުގެ މި ހަ ކްލަބުން ސުޕަރ ލީގުގައި ބައިވެރިވާން ނިންމުމުން އެ ކްލަބުގެ ސަޕޯޓަރުންނާއި، ޕްރިމިއާ ލީގާއި، އިނގިރޭސި ފުޓުބޯޅަ އިދާރާ އާއި، ޔުއެފާ އާއި، ފީފާ އަދި އިނގިރޭސި ސަރުކާރުންވެސް ވަނީ އެކަން ކުށްވެރިކޮށް، އޭގެއިން ވަކިވާން އެ ކްލަބްތަކަށް އިލްތިމާސްކޮށްފައެވެ.
ޕްރިމިއާ ލީގުގެ ހަ ކްލަބުގެ މި ނިންމުމާއެކު ސުޕަރ ލީގު ކުރިޔަށްދާނެ ކަމާމެދު ވަނީ އިތުރު ސުވާލްތައް އުފެދިފައެވެ. އަދި މި ހަ ކްލަބްގެ މި ނިންމާއެކު މުޅި ފުޓުބޯޅަ އާއިލާއިން އަންނަނީ އެ ކްލަބްތަކަށް ޝުކުރު އަދާކޮށް، މަރުހަބާ ކިޔަމުންނެވެ.
ޕްރިމިއާ ލީގުގެ ހަ ކްލަބުގެ އިތުރުން ސުޕަރ ލީގުގައި ބައިވެރިވެފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ބާސެލޯނާ އާއި، އެތުލެޓިކޯ މެޑްރިޑާއި، އިޓަލީގެ ޔުވެންޓަސް އާއި، އޭސީ މިލާން އަދި އިންޓަ މިލާންއެވެ. ނަމަވެސް އެ ކްލަބްތަކުން އަދި ރަސްމީކޮށް ސުޕަރ ލީގުން ވަކިވާނެކަން އިއުލާންކޮށްފައެއް ނުވެއެވެ.