އިންޑިއާގެ 5 ރައްޔިތަކު ޗައިނާއިން ރަހީނުކޮށްފައިވާ ކަމުގެ ތުހުމަތުތަކާއެކު އެކަން އިތުރަށް ބަލައިދިނުމަށް ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާރމީގެ ކިބައިން އިންޑިއާއިން އެދިއްޖެއެވެ.

މި ތުހުމަތުތައް އެންމެ ފުރަތަމަ ފެންމަތިވީ ފޭސްބުކްގައެވެ. އާއިލީގޮތުން މި 5 މީހުންނާއި ގުޅުން އޮންނަ ކަމަށް ބެލެވޭ މީހަކު ތުހުމަތު ކުރާ ގޮތުގައި ޝިކާރަކުރުމަށް ނިކުމެ އުޅުނު 5 މީހުންވެސް ޗައިނާއިން ވަނީ ރަހީނުކޮށްފައެވެ. މިކަން މިހާރުދަނީ އިންޑިއާގެ ފުލުހުންވެސް ތަހުގީގު ކުރަމުންނެވެ.

5 މީހުންވެސް ގެއްލިފައިވަނީ އިންޑިއާގެ އަރުނަޗަލް ޕްރަދޭޝްއިންނެވެ. އިންޑިއާ ސިފައިންގެ ތަރުޖަމާނު "ރޮއިޓަރސް" އަށް މައުލޫމާތުދިން ގޮތުގައި، މި ސަރަހައްދުގައި އިންޑިއާ އާއި ޗައިނާގެ އިން ވަކިކުރުމަށް ވަކި ހާއްސަ ރޮނގެއް ދަމާފައިނުވާތީ ދެފަރާތުގެ މީހުންވެސް އަނެއް ގައުމަށް ދިއުމަކީ އާންމުކޮށް ހިނގާކަމެއް ކަމަށާއި މިފަހަރުވެސް ވީ އެހެންކަމަށެވެ. މިކަމުގައި ކުރިންވެސް އަމަލު ކުރާ ގޮތަކީ އަނބުރާ އެމީހަކު އައި ގައުމާ ހަވާލުކުރުން ކަމަށާ މިފަހަރުވެސް އެގޮތަށް އަމަލުކުރަމަށް އެދިފައިވާނޭކަމަށެވެ.

މިފަހަކަށް އައިސް އިންޑިއާއި ޗައިނާގެ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ގޯސް ވަމުންނެވެ. ދާދި ފަހުން މި ދެ ގައުމުގެ ސިފައިންގެވެސް ކުރިމަތިލުމެއް ވަނީ ހިނގާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *